ފުރަތަމަ ބޮޑު ހަނގުރާމައިގައި އެތައް މިލިއަން މީހުންނެއް މަރާލި ބައްޔެއް ކެނެޑާއިން އަނެއްކާވެސް ފެނިއްޖެ

ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔެއިން އެތައް މިލިއަން މީހުން މަރާލި ބައްޔެއްް ކަމަށްވާ "ޓްރެންޗް ފީވާ" ކެނެޑާއިން ފެނިއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޓްރެންޗް ބަލި ފެނިފައި ވަނީ ކެނެޑާގެ ގެދޮރުނެތް ފަގީރުންގެ ތެރެއިންނެވެ. އަދި މި މީހުންގެ ތެރޭގައި މިބަލި ހަލުވިކަމާއެކު އަންނަނީ ފެތުރެމުންނެވެ.
ކެނެޑާގެ މެޑިކަލް އެސޯސިއޭޝަންއިން ކުރި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކެނެޑާގެ މަނިޓޯބާ އަވަށުގައި މަގުމަތީގައި ދިރިއުޅޭ ހަތަރު މީހެއްގެ ގައިން ފާއިތުވި ހަފްތާގެ ތެރޭގައި ވަނީ މި ބަލި ފެނިފައެވެ.
ޓްރެންޗް ފީވާ އަކީ ބާޓޮނެއްލާ ކުއިންޓާނާ ނަމަކަށް ކިޔާ ބެކްޓީރިއާ އަކުން ފެތުރޭ ބައްޔެކެވެ. މި ބަލި އެކަކު ގައިން އަނެކެއްގެ ގަޔަށް ފެތުރެނީ އުކުނުގެ ޒަރީއާއިންނެވެ.
ބަލީގެ އަލާމާތްތަކަކީ އެހެން ހުންތަކާ އެއް ކަހަލަ އަލާމާތްތަކެއް ނަމަވެސް މިއީ ފުރާނަ އަށް ނުރައްކާވާފަދަ ބައްޔެކެވެ.
ކެނެޑާއިން މި ބަލި ފެނިފައި މިވަނީ 20 އަހަރު ފަހުންނެވެ.