ދުނިޔެ

މިސްރުގެ މިމީހާގެ ނަސީބަކީ ނަގުލަންދާށި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނަގުލަންދާށްޓަކީ ވިހަ ގަދަ އެއްޗެކެވެ. ގިނަ ބަޔަކު ނުހަނު ބިރުގަންނަ އެއްޗެކެވެ. އޭގެ ސަބަބުން މީހުން މަރުވެފައި ވެސް އެބަހުއްޓެވެ. މި ކަމުންވެސް ނަގުލަންދާށީގެ ނުރައްކާތެރިކަން އެބަ ހާމަވެއެވެ.
ނަމަވެސް މިއީ އިންސާނުންނަށް ބޮޑު ފައިދާ އެއް ލިއްބައިދޭ އެއްޗެކެވެ. ބައެއްފަހަރު އަޅުގަނޑުމެން ދިރިތިބުމުގެ ސަބަބަކީ ވެސް ހަމަ މިއީ އެވެ.

Ads by Sosun Fihaara

އަޅުގަނޑުމެން ބަލިވުމުން ބޭނުންކުރާ ބޭސްތައް އުފެއްދުމަށް ނަގުލަންދާށީގެ ވިހަ އަކީ ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. މިސްރުގެ މި މީހާގެ ނަސީބަކީ ނަގުލަންދާއްޓެވެ.

މީގެ އަހަރުތަކެއް ކުރިން މިސްރުގެ މީހެއް ވަނީ ނަގުލަންދާށި ޝިކާރަކޮށް އޭގެ ވިހަ ބޭނުންކޮށްގެން ބޭސް އުފެއްދުމުން ޑިގްރީ ފުރިހަމަ ކޮށްފައެވެ. މިހާރު އުމުރުން އެންމެ 25 އަހަރުގެ މުހައްމަދު ހަމްދީ ބޮޝަތާ އަކީ މިގޮތަށް ވިހަ އުފައްދައިގެން ތަކެތި އުފައްދާ ކޮމްޕެނީއެއްގެ ވެރިއެކެވެ. ކައިރޯ ނަމަކަށް ކިޔާ މި ކޮމްޕެނީ އިން 80،000 އަށް ވުރެ ގިނަ ނަގުލާންދާށީގެ ވިހަ އެއްކުރެއެވެ. އަދި ހަރުފައިގެ ވިހަ ވެސް ހޯދައެވެ. އެމީހުން ހާމަކުރާ ގޮތުގައި 1 ގްރާމް ވިހައިން 20،000 އާއި 50،000 ދެމެދު ޑޯޒްގެ ބޭސް ތައްޔާރު ކުރެވެއެވެ. އަދި 1 ގްރާމް ނަގުލާންދާށި ވިހައިގެ އަގަކީ 10،000 ޑޮލަރު ކަމަށްވެސް އެ ކޮމްޕެނީ އިން ވަނީ ބުނެފައެވެ.
މުހައްމަދު ހަމްދީ ބޮޝްތާ ނަގުލާންދާށި ދިރާސާ ކުރުމާއި، އެއިން ވިހަ ނެގުމުގެ އިތުރުން ނަގުލަންދާށި ޝިކާރަ ކުރުމުގައި ވެސް މަސައްކަތް ކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!