ޚަބަރު

20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބު ހުޅުމާލޭ ފްލެޓަކަށް ބަދަލުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ވަގުތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށް އަމިއްލައަށް އިއުތިރާފުވެ، އެކަމާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު މާލެއިން ހުޅުމާލެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިފިއެވެ.

Ads by STELCO

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ގުޅިިގެން ދައުލަތުން އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލިއެވެ. އެ ހަތް ދައުވާއަށް ވެސް އަދީބު ވަނީ އިއުތިރާފުވެ ވަޑައިގެންފައެވެ. އެދައުވާތަކާ ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައި ކަމުގައި ވިޔަސް އަދީބު ގޭބަންދަށް ބަދަލު ކުރެއްވީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ބުނެ ކަރެކްޝަންސްއިން އިންނެވެ.

ނަމަވެސް މާލޭގައި ދިރިއުޅުއްވުމަށްފަހު މިހާރު އަދީބު ވަނީ ހުޅުމާލޭ އަމީން އެވެނިޔުގައި ހުރި ފްލެޓަކަށް ބަދަލުވެ ވަޑައިގެންފައެވެ. މިކަން ކަރެކްޝަނަލް ސާވިސަސް އިން ވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ. އަދި ކުރިއެކޭ އެއް ގޮތަށް އަދީބު ދިރިއުޅުއްވާ ތަނުގެ ސެކިއުރިޓީ ކަރެކްޝަންސް އިން ދަނީ ބަލަމުންނެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ދައުލަތަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު އެއް ޚިޔާނާތުގެ މައްސަލައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!