ކޮންމެ ހުކުރު ދުވަހަކު ވަރަށް ވެސް ބަރަކާތްތެރި ގަޑިއިރެއްވޭ: މުފްތީ މެންކް
"ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައި ވެއެވެ.
'ކޮންމެ ހުކުރު ދުވަހަކު ކުރިއަށްދާ މުބާރާތެއް ވެއެވެ. މަލާއިކަތް ބޭކަލުން މިސްކިތްތަކުގެ ދޮރުކޮޅުމަތީގައި ތިއްބަވާ، އެންމެ ފުރަތަމަ (ހުކުރު ނަމާދަށް) މިސްކިތަށް ވަނީ ކާކުތޯ، ދެވަނައަށް އަދި ތިންވަނައަށް ވަނީ ކާކުތޯ ވެސް ބަލާ ނޯޓު ކުރަމުން ދާނެއެވެ. (އަލް ބުޚާރީ)'
އަހަރުމެން މިއި ތަޤްވާވެރިން ކަމުގައިވީ ނަމަވެސް މިފަދަ މުބާރާތެއް ބޭއްވެމުންދާކަން ނޭނގިދާނެއެވެ. ނަމަވެސް އަހަރުމެންގެ ތެރެއިން އެމިސްކިތަކަށް އެންމެ ފުރަތަމަ ވަދެވޭ މީހާއަށް ކޮންމެވެސް ގޮތަކުން އެކަން އިޙްސާސް ކުރެވޭނެއެވެ.
އެހެންކަމުން ހުކުރު ދުވަހު ހުކުރު ނަމާދަށް އަވަހަށް ދިޔުމަށް އާދަ ކުރައްވާށެވެ. ހުކުރު ދުވަހަކީ އެންމެ މާތް ދުވަސް ކަމުގައިވާއިރު، އެދުވަހަށް އަޙައްމިއްޔަތުކަން ދޭށެވެ. އެއީ މާތް ﷲ ވެސް ވަނީ މިދުވަހަށް މުހިންމުކަން ދެއްވާފައެވެ.
ރަސޫލާ (ޞޢޥ) ގެ އެހެން ޙަދީޘްފުޅެއްގައި ވެއެވެ.'
'ހުކުރު ދުވަހަކީ އެހަފްތާއެއްގެ އިރުއަރާ އެންމެ މާތް ދުވަހެވެ. އެދުވަހަކީ އާދަމް ޢަލައިހިއްސަލާމް އުފެއްދެވި ދުވަހެވެ. (ސަޙީޙް މުސްލިމް)'
މިދުވަހުގެ މާތް ކަމާ ބެހޭގޮތުން އެތައް ޙަދީޘްފުޅުތަކެއް ވެއެވެ. އަަހަރެމެން މުސްލިމުންނަށް މިދުވަސް ދެއްވި ކަމަށްޓަކައި މާތް ﷲ ތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ.
ހުކުރު ދުވަހުގެ އެހެން މާތް ކަމެއް ވެސް ވެއެވެ. މިދުވަހު ވަރަށް މާތް އެއް ގަޑިއިރު ފޮރުވިފައިވެއެވެ. އެގަޑިއިރުގައި އެކަލާނގެ ޙަޟްރަތަށް އެދި ދުޢާ އެއް ދަންނަވައިފިނަމަ (އެދުޢާގައި ފާފައެއް ނުވަތަ ނުބައި ކަމެއް އެކުލެވިގެން ނުވާނަމަ) ޔަގީނުން ވެސް އެކަލާނގެ އެދުޢާ އިޖާބަ ކުރައްވައެވެ.
'ހުކުރު ދުވަހު ގަޑިއިރެއް ވެއެވެ. މުސްލިމަކު އެގަޑިއިރު ތެރޭގައި ނަމާދުކޮށް އެކަލާނގެ ޙަޟްރަތަށް ދުޢާއެއް އެދި ދަންނަވައިފިނަމަ، އެކަލާނގެ އެދުޢާ އިޖާބަ ކުރައްވަވައެވެ. (އަލް ބުޚާރީ)'
އެހެންކަމުން ވަކި ކަމަކަށް އެދި ވަރަށް ބޮޑަށް ބޭނުންވެފައި ތިބޭ މުސްލިމުން ހުކުރު ދުވަހެއްގެ ކޮންމެ ގަޑިއިރެއްގައި ދުޢާ ކުރަމުން ގެންދެއެވެ."
-- މުފްތީ މެންކް ގެ ދަރުހަކުން