ޚަބަރު

ކެމްޕޭނު ގައިޑްލައިން ނެރެދޭން ވާނީ އެދިފައި: ޝަރީފް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ކެންޑިޑޭޓުންނަށް ހޯދައި ދިނުމަށް ގުޅުން ހުރި އެހެން މުއައްސަސާ ތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކެމްޕޭނު ކުރަން ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ނެތް ކަމަށް ބުނެ ޝަކުވާތަކާއި ފާޑު ކިޔުންތަކެއް އިދިކޮޅުގެ ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަނަށް އަމާޒު ކޮށްފައެވެ.

އޮންލައިން ނޫސް "އަވަސް" އިން މިކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީ ޝަރީފު ވިދާޅުވީ އެ ކޮމިޝަނުން، އެޗްޕީއޭ މަޝްވަރާކޮށް، ކެމްޕޭނު ކުރުމުގެ ސިޔާސަތުތަކާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅާ ގޮތްތަކެއް އިއުލާނު ކޮށްދޭން އެދިފައިވާނެ ކަމަށެވެ. ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިބިފައި އޮންނަން ޖެހޭނެ ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.

"ކެމްޕޭނު ކުރުމަކީ މަނާ ކަމެއް ނޫން، އެޗްޕީއޭގެ ގައިޑުލައިނާ އެއްގޮތަށް ހުރިހާ ކެނޑިޑޭޓުންނަށް ވެސް ކެމްޕޭނު ކުރެވޭނެ" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!