ޚަބަރު

ރައީސް އިބޫއާއި ރައީސް ނަޝީދު ކުޅުއްވަނީ އެއް ކުޅިއެއް!

ޢަބްދުﷲ ޔޫސުޕް ، ދެން އޮންލައިން

މިވަނީ ކީއްކަން ނޭނގިދާނެއެވެ. ނޫނީ ގަބޫލު ނުކުރެވި ދާނެއެވެ. ރާއްޖޭގައި މިހާރު ވެރިކަންކުރާ މައިޕާޓީގެ އެޖެންޑާ19 ބަރާބަރަށް އެބަހިނގައެވެ. އެޖެންޑާ19ގެ ސިއްރު އެޖެންޑާތައް ހަލުވިކަމާއެކު ބާރަށް ދަނީ ކުރިއަށެވެ. ވާނުވާނޭނގި ސަރުކާރު ކޯލިޝަން އޮތީ ޅޮސްއުދޯލީގައެވެ. ހުރިހާ ދިމާލަކުން ކަންކަން ތަރުތީބުވެ ހިނގަމުން ދަނީ އެޖެންޑާ19ގެ މަގަށެވެ.

Ads by MWSC

ވެރިކަމަށް އައީ ކޯލިޝަނަކުންނެވެ. މައިޕާޓީ ހިއްސާ ކުރަނީ 40 ޕަސެންޓުކަމަށް ބުނެ އެމްޑީޕީއަށް ސަރުކާރުގެ އެއްވެސް ބާރެއް ނެތްކަމުގެ ވާހަކަ ކެނޑިނޭޅި ދައްކައެވެ. އެކަމަކު އެމްޑީޕީ ބޭނުން ނުވާ އެއްވެސް ކަމެއް ސަރުކާރަކު ނުހިނގައެވެ. ހުރިހާ ކޮރަޕްޝަނާ ޚިޔާނާތުގެ ބޯޑު، ކޯލިޝަނުގެ އެހެން ބައިވެރިންގެ ނިތްކުރީގައި އަޅުވައިގެން ހުރިހާ ފައިދާއެއް ނަގަނީ އެމްޑީޕީގެ ޤައުމީ މަޖިލީހާއި އެމީހުންގެ މަސްލަހަތު ހުރި މީހުންނެވެ. ރައްޔިތުންގެ އަނގަޔާނޭފަތާއެކު ހިފަހައްޓާ ރައްޔިތުން މިތިބީ އަނގަބަންދުކޮށް ނޭވާލުމަށް ދަތިކޮށްފައެވެ. އެވެސް މާސްކެއް އަޅުވައިގެނެވެ.

ގައިދުރު ކުރިކުރީނުން އެންމެން އޮންލައިނުގެ އަސީރުންނަށްވެ ކޮންމެ މީހަކު މިވަނީ އައިސޮލޭޓްވެފައެވެ. މިހެން މިވަނީ ސަރުކާރުން ކުރިކަމަކުން ނޫނޭ ބުނެވެން އޮތަތީ އެހެން ވެސް ބުނެވިދާނެއެވެ. އެހެނެއްކަމަކު ބަލިމަޑު ހާލަތެއްގައި ކުރަން ހެޔޮނުވާވަރު ކިތަކަށް ކަންތައް ސަރުކާރުން ކުރަމުން އެބަދޭ ހެއްޔެވެ؟ލަދެއް ހަޔާތެއް ބިރެއް އަގަލެއް ނެތިއެވެ. މިދައްކަނީ އެވާހަަކައެއް ނޫނެވެ.

އޯގާތެރި ސަރުކާރުގެ އެޖެންޑާ 19 ތަންފީޒު ކުރުމުގައި ގެންގުޅޭ ހީލަތްތެރިކަން ދެކިބަލާށެވެ. ރައީސް ނަޝީދާ ރައީސް ޞާލިހު އެތިބީ ވަރަށް ބޮޑަށް ޖެހިފިތި ބާރުވެފައި ކަމަށް އެބަދައްކައެވެ. އެމްޑީޕީގައި ވަގުންގެ ފެކްޝަނަކާއި ވައްކަމާ ދެކޮޅު ފެކްޝަނެއް އޮތްކަމަށް ބުނެ ހިންޏަށް ހަކުރު އެބަ އޮޅުވާލައެވެ. ތެދެކެވެ. ލޯތަކަށް ދައްކަން ދެފެކްޝަން އެބައޮތެވެ. ދެފެކްޝަނުން ވެސް ކުރަނީ އެއް މަސައްކަތެކެވެ. އެޖެންޑާ19 ގެ ސިއްރު އެޖެންޑާ ތަންފީޒު ކުރުމެވެ.

އެބުނާ އެމްޑީޕީގެ ވަގުންގެ ފެކްޝަނަކީ ރައީސް ޞޯލިހުގެ ފަހަތުގައި ތިބިކަމަށް ދައްކައިގެން ސަރުކާރާއި މަޖިލީހުގެ ތެރޭގައި ތިބި މީހުންނެވެ. އެމީހުންގެ މަސައްކަތަކީ ސަރުކާރުގެ ތެރެއިން ޖީބުތައް ފުރައިދިނުމެވެ. ކޯލިޝަންގެ ބައިވެރިން މަޅިއަޅުވާ ހިރެނުލެވޭ ވަރަށް ބަދެލުމެވެ. ސިޔާސީގޮތުން އެއްކޮޅާ އިދިކޮޅުގައި ތިބި މީހުން ގަތުމާއި ޑީލް ހަދައިގެން އިދިކޮޅު ވިސްނުމަށް ރޫފަ އެރިޔަ ނުދިނުމަށް މަސައްކަތް ކުރުމެވެ. ކޯލިޝަން ދެމެހެއްޓުމުގެ ނަމުގައި ޤާސިމް އިބްރާހީމާއި، މައުމޫނާއި އިމްރާނު ބަދެލައިގެން ގެންގުޅުމެވެ. ޑްރަގު ލޯޑަރުންނާއި މަހުޖަނުން ބޭނުންވާ ކަންކަން ބޭނުންވާ ގޮތަށް ކޮށްދީގެން އެމީހުންގެ މަދަދާއި އެހީތެރިކަން ހޯދައި އެމީހުން ވެސް ބަދެލުމެވެ.

ވަގުން ހިފާ އިސްލާހީ ފިކުރުގެ ފެކްޝަނަކީ ސަރުކާރުގެ ގޯސްތައް ދައްކާ އެކަންކަމުގެ ފަހަތުގައި މައުމޫނާއި ޤާސިމާއި އިމްރާން ތިބިކަމަށް ދައްކައިގެން އެމީހުންގެ އިތުބާރާއި ތާއީދު ރައްޔިތުންގެ ތެރެއިން ފުހެލުމެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ބައިވެރިންނަކީ ވަގުންގެ ގޮތުގައި ގަބޫލު ކުރުވައި މަތިމައްޗަށް ދައުވާ ކުރުވައިގެން އަމިއްލަ ނަފްސު ސަލާމަތް ކުރުމައިގެން އުޅެން ހަދައިގެން އެހެން ކަމަކާ ނޫޅެވޭ ވަރުކޮށްލުމެވެ. މަޖިލީހުގެ ތެރެއިން ޖުޑިޝަރީ އަޅުވެތިކޮށް، މިނިވަން މުއައްސަސާތަކުގެ ވާގި ނައްތާލުމެވެ. އެކަން ވަރަށް ރަނގަޅަށް އެބަކުރެއެވެ. ސޯޝަލ މީޑިއާގައި ކޯލިޝަނުގެ ވަޒީރުންނާއި އެމްޑީޕީއާއި ޚިޔާލު ތަފާތު އެންމެންގެ އަބުރު ކަތިލުމުގެ މަސައްކަތް މުސާރަދީގެން ބަޔަކު ލައްވާ އެބަކުރުވައެވެ.

ބައިކޮށްގެން ވެރިކަން ކުރުމުގައި މިވަރުކަމެއް ހަމަ މަދުވާނެއެވެ. ގައުމުގެ ސިފައިންނާއި ފުލުހުންގެ ބާރުކަނޑުވާލުމަށް އިންޑިޔާގެ އުނގަށް ވެއްޓިގަނެގެން އުޅެނީ އުޅެން ވެގެންނެވެ. އެޖެންޑާ19 ގެ ބޭނުން އޮތީ ލިބަރަލް ދައުލަތެއް ބިނާ ކުރުމެވެ. ބިރަކާނުލާ މަޖާކުރެވޭ ދައުލަތެއް ބިނާކުރުމެވެ. އެމެރިކާއާއި އިގިރޭޭސިވިލާތުން ދުނިޔޭގައި ތަންފީޒުކުރަން ބޭނުންވާ އަނެއްގޮތް ތަންފީޒުކުރުމަށް ވާގިދޭ އިންޑިޔާގެ އުނގަށް ވެއްޓިގަތީ ދަރަނިވެރި ވެގެނެއް ވެސް ނޫނެވެ. ތަރައްޤީ ނުކުރެވޭތީ އެއް ވެސް ނޫނެވެ. އަނެއްކޮޅުން މުޅި ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ތަންފީޒު ކުރުވުމުގެ އިސް ފަރާތްތަކުގެ ގޮތުގައި ލިބަރަލް ވިސްނުމުގެ ލާދީނީ ގިނަބަޔަކު އެތިބީ އިއްތިފާޤަކުން ނޫނެވެ. އަންނި އާއި އިބޫ ދަތުރު ކުރަނީ ދެޓްރެކްގައި އެއް ގޯލަށެވެ.

Ads by Allied Insurance
  1. ސިޔާސީއޮއިވަރު

    ރަނގަލުވާހެކެވެ ލާދީނީބޭފުލުންވާނީ އު ރެދުމުގެ ތެރެއިންނެވެ