ޚަބަރު

ކައުންސިލް އިންތިހާބު ބާއްވާނެ ބަޖެޓެއް ނެތް: އިލެކްޝަންސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހުއްދަ ލިބުނު ކަމުގައި ވިޔަސް އިންތިހާބު ބާއްވާނެ ބަޖެޓެއް ނެތް ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އީސީ ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވެން އޮތީ މިހާރު ފާސްކޮށްފައިވާ 51 މިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރަށް 13.3 މިލިއަން ރުފިޔާ ލިބިގެން ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބަށް އަސްލު ހުށަހެޅީ 71 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި ނަމަވެސް ކޮވިޑް-19 ގެ ދުވަސްވަރަށް ވުމާއެކު މަޖިލީހުން ފާސްކުރީ 51 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

އަދި މުވައްޒަފުންގެ ބައިން 19 މިލިއަން ރުފިޔާ މަދުކުރަން ހުށަހެޅި ނަމަވެސް މިފަދަ ބޮޑު އިންތިހާބެއްގައި ހާއްސަކޮށް މި ހާލަތުގައި އެކަން ކުރެވެން ނެތްކަން ވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އިންތިހާބު ބާއްވާނީ އެޗްޕީއޭއިން އެކަމަށް ހުއްދަ ދިނުމުން ކަމަށާއި އެކަމާ މެދު ހޯމަ ދުވަހު ގޮތެއް ނިންމާނެ ކަމަށެވެ.

Ads by HDC
  1. ހެޔޮ ބަޖެޓް އޮތަސް. ނޯގޯތި ނޯވޯޓް.