Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ލަގްޒަރީ ރެސިޑެންޝަލް ބިލްޑިންއެއް އަޅަނީ 

ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ލަގްޒަރީ ރެސިޑެންޝަލް ބިލްޑިންއެއް އަޅަނީ 
ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ލަގްޒަރީ ރެސިޑެންޝަލް ބިލްޑިންއެއް އަޅަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ. ޝަކީލް މިހެން ވިދާޅުވީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް 9 ބުރީގެ އޮފީސް އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ޝަކީލް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ވަރަށް ގިނަ ބޮޑެތި ޕްރޮޖެކްޓްތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަނުން މިހާރު ރާވާފައިހުރި މަސައްކަތަކުގެ ތެރެއިން ހުޅުމާލޭގައި ހަދަން ނިންމާފައިވާ ލަގްޒަރީ ރެސިޑެންޝަލް ބިލްޑިންގް ޝަކީލް ވަނީ ފާހަގަކުރައްވާފަ އެވެ. ޝަކީލް ވިދާޅުވީ އެ މަސައްކަތަށް ތައްޔާރުވަމުންދާ ކަމަށާއި އިދާރީ ގޮތުން ވާން ޖެހޭ ތައްޔާރީތަކާއި ބިން ހޯދުމުގެ ކަންތައްތައް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
"ބައެއް މަދު އިދާރީ ކަންތައްތަކަކާއެކު ކުރިއަށްއޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ހަމަ އާންމުކޮށް އިއުލާނުކޮށް ޕްރޮޖެކްޓްގެ ފުލް ޑީޓެއިލް އާންމު ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދޭނަން."

އެ އޮފީހުގެ ބިންގާ އަޅާފައި މިއަދު ހެނދުނު 9 ޖަހާއިރު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވާ ދެއްވީ ޝަކީލްގެ އިތުރުން ކުންފުނީގެ ޗެއާމަން އައްޝައިހް މުހައްމަދު ރަޝީދު އިބްރާހީމާއި ބޯޑު މެމްބަރުންނާއި ކުންފުނީގެ އިސްވެރިންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް