ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: އިތުބާރު ކުރުމުގެ މުހިންމުކަން ވިސްނުނީ ފިރިމީހާ ލަދު ގަންނަވާލެވުނު ފަހުން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"މިއީ އަހަރެން ވަރަށް ލަދުވެތިކަމާއެކީ ކިޔައިދޭ ވާހަކައެކެވެ. ނަމަވެސް މިފަދައިން އުޅޭ އެހެން މީހުން ވެސް އުޅޭނެތީ އަހަންނަށް ވިސްނެނީ، މިވާހަކަ ހިއްސާ ކުރާށެވެ.

Ads by Sosun Fihaara

އަހަރެން ކައިވެނި ކުރީ ލޯބީގެ ގޮތުން މީހަކާ ހަތަރު އަހަރު އުޅުމަށްފަހު އޭނާ ބޭވަފާތެރިވީ ފަހުންނެވެ. ކުރީގެ ލޯބިވެރިޔާ ބޭވަފާތެރިވުން ވެގެން ދިޔައީ އަހަރެންގެ ދިރިއުޅުމަށް އޭގެ ފަހުން އެޅުނު ބޮޑު ކަޅު ވިލާގަނޑަކަށެވެ. މީހުންނަށް އިތުބާރު ކުރުމަށް ދަތިވި ކަމަކަށެވެ.

ލޯބިވެރިޔާއާ ވަކިވުމަށްފަހު އޭގެ އަހަރެއްހާ ދުވަސް ފަހުން އަހަރެން އެހެން މީހަކާއި ގުޅުނީމެވެ. އޭނާ ވަރަށް ރަނގަޅެވެ. އޭނަ ދެކެ ލޯބިވެވޭކަށް މާގިނަ ވަގުތެއް ވެސް ނުނެގިއެވެ. އަހަރުމެން ލޯބީގެ ގޮތުން ގުޅުންތާ މަހެއްވަރު ފަހުން ކައިވެނި ކުރީމެވެ. ދެމީހުން ވެސް ބޭނުން ވެގެންނެވެ.

އަހަރުމެންގެ ކައިވެނި ވަރަށް ވެސް އުފާވެރިވެއެވެ. ދެމަފިރިން ވަކިން އެޕާޓްމަންޓެއްގައި އުޅުމުން ވެސް އަހަރެމެންނަށް ހީވީ ކޮންމެ ދުވަހަކީ ވެސް މާމުއިހަނދުގެ ދުވަސްވަރު ހެންނެވެ. އެހާމެ މިނިވަންކަމާއި އުފާވެރިކަން އަހަރުމެންނަށް ލިބުނެވެ.

ނަމަވެސް ކަންކަން އެންމެ ފުރަތަމަ ބަދަލުވާން ފެށީ ފިރިމީހާ އެހެން އޮފީހަކަށް ބަދަލުވުމުންނެވެ. ފިރިހެނުން އުޅުނު ކުންފުންޏަކުން ދެން އޭނާ ބަދަލުވީ އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތް ކުރި އޮފީހަކަށެވެ. އޭނާ އެތަނުގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ. އަބަދުވެސް އޮފީހުގައި މަޖާ ވާހަކައާއި އޮފީސް އެންމެން ވަރަށް ގުޅިގެން އުޅޭ ވާހަކަ ކިޔައިދިނެވެ. މަޖާ ކޮށްފައި އެންމެން އުޅުނު މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެއް ވެސް ދެއްކިއެވެ. އޭގެ ތެރެއިން އެއް ގްރޫޕް ފޮޓޯއަކުން އަހަންނަށް ފެނުނީ އަންހެން ކުއްޖަކު ފިރިމީހާ ކައިރީގައި ހުއްޓައެވެ.

އަހަރެން ހިތްހަމަ ނުޖެހުނެވެ. އެކުއްޖާ އެހާ ކައިރީގައި އެހުރީ ކީއްވެހޭ ސުވާލު ކުރީމެވެ. ފިރިމީހާގެ ހިނިތުންވުން ކޮންމެވެސް ވަރަކަށް ގެއްލި، އަހަރެން ކުރި ސުވާލުން އޭނައަށް ހައިރާންކަން ލިބުނެވެ. ފިރިމީހާ ބުނީ އެއީ ގްރޫޕް ފޮޓޯއެެއް ވީމަ އެންމެން ވެސް އެކި ދިމަދިމާލުގައި ތިބީ ކަމަށެވެ.

އެވަރުން ވެސް އަހަރެން ހިތްހަމައެއް ނުޖެހުނެވެ. އެކަމަކު އެރޭ އެކަމާ އިތުރަށް އެއްޗެއް ނުބުނަމެވެ.

ހިތްހަމަ ނުޖެހިފައި އަހަންނަށް ހުރެވެން ފެށުމުން ތަފާތު އެކި އެއްޗެހި ހިތަށް ވެރިވާން ފެށިއެވެ. ޚާއްސަކޮށް ފިރިމީހާ އޮފީހަށް ދިޔުމުން އަހަރެންގެ ހިތަށް އަރަނީ އެއަންހެން ކުއްޖާއާ ވަރަށް ކައިރިވާނެ ކަމަށެވެ. އެހެންވެ ފިރިމީހާ ގެއަށް އަންނަތަނާހެން އެންމެ ފުރަތަމަ ކަމަކަށް އަހަރެން ބަލަނީ އޭނަގެ ފޯނު އަތުލެވޭތޯއެވެ. ފޯނުގަައި ހުންނަ މެސެޖުތައް ކިޔާ، އޮފީސް ގްރޫޕުގައި ހުންނަ މެސެޖުތައް ވެސް ކިޔަން ފެށީމެވެ. އަންހެން ކުއްޖަކު ވާހަކަ ދައްކާފައި ހުންނަންޏާ އެކަމާ ސުވާލު ކުރީމެވެ. އެމީހުން ވާހަކަ ދައްކަނީ ކިހިނެއްތޯ އާއި އެމީހުންނާ އެހާ ގާތްކޮށް ވާހަކަ ދައްކަނީ ކީއްކުރަންތޯ ސުވާލު ކުރީމެވެ. އަހަރެންގެ އެސުވާލުތަކަށް ކެތްތެރިކަމާއެކު ފިރިމީހާ ޖަވާބު ދިނެވެ. އެއީ އޮފީސް މީހުން ކަމަށްވާތީ މަޖާ ކުރާނެ ކަމަށާއި އެއީ އެވަރު ކަމެއް ނޫން ކަމަށް ބުންޏެވެ. އަދި އިތުބާރު ކުރުމަށާއި އޭނަ އެކަހަލަ ކަމެއް ކުރަން ހިތަށް ވެސް ނާރުވާ ކަމަށް ވެސް ބުނެ ވިސްނައިދެވޭތޯ އުޅުނެވެ.

އަހަރެންގެ ޑިމާންޑުތަށް އިތުރު ކުރީމެވެ. ފިރިމީހާގެ ފޭސްބުކް އައިޑީ އާއި ޕާސްވޯޑު ހޯދީމެވެ. އަދި އޮފީސް ނިމޭ ގަޑިއަށް ގުޅާ، އަވަހަށް ގެއަށް އަންނަން ވެސް ބުނީމެވެ. ޤަވާއިދުން ފޯނު ޗެކް ކުރީމެވެ. އެހުރިހާ ކަމަކަށް އޭނަ ކެތްތެރިވިއެވެ. ނަމަވެސް އެހެން ނޫޅުމަށް ނަސޭޙަތް ދިނެވެ.

އެއްދުވަހަކު ޑިއުޓީ ނިމުނުއިރު ފިރިމީހާ އަހަންނަށް މެސެޖު ކޮށްފައި ބުނީ އޮފީސް ކުދިންނާއެކު ކޮފީ އަކަށްދާ ކަމަށާއި އެހެންވެ ގެއަށް ދާން ކުޑަކޮށް ލަސް ވާނެ ކަމަށެވެ. އެމީހުންދާ ރެސްޓޯރަންޓު ގެ ނަން ވެސް ބުންޏެވެ. އަހަރެން އަވަހަށް އެރެސްޓޯރަންޓަށް ދިޔައިމެވެ. އެމީހުންނަށް އަހަރެން ނުފެންނަ ހިސާބެއްގައި، ނަމަވެސް އަހަންނަށް އެމީހުން ފެންނަ ހިސާބެއްގައި އިނީމެވެ.

ފިރިމީހާއާ ޖެހިގެން އެއްކަލަ އަންހެން ކުއްޖާ އިނެވެ. އެކަމާ އަހަރެން ރުޅި އަންނަން ފެށިއެވެ ފިރިމީހާ އަހަންނަށް ބޭވަފާތެރި ވަނީ އޭ ހީވިއެވެ. އެމީހުންގެ ވާހަކައިގެ ތެރެއިން އަންހެން ކުއްޖާ ވަރަށް ބާރަށް ހޭން ފަށާފައި ފިރިމީހާގެ އަތުގައި ޖަހާލިއެވެ. އެމަންޒަރު ބަލާކަށް އަހަންނަކަށް ނުއިދެވުނެވެ. ވަރަށް ރުޅި އައިސްގެން އެމީހުންނާ ދިމާލަށް ދިޔައީމެވެ. އަހަރެން ފެނިފައި ފިރިމީހާ ވަރަށް ބޮޑަށް ހައިރާން ވެގެން ތެދުވިއެވެ. އެތާތިބި އެހެން މީހުން ވެސް ބަލަން ފެށިއެވެ.

އަހަރެން ދިޔަ ގޮތަށް ގޮސް އެއަންހެން ކުއްޖާއާއި ދިމާލަށް އެއްޗެހި ގޮވަން ފެށީމެވެ. މީހުންގެ ފިރިން ގައިގައި އުނގުޅެނީ ކީއްވެތޯ ސުވާލުކުރީމެވެ. ފިރިމީހާ ވަރަށް ލަދުންހުރެ، އަހަރެން ކައިރީ ހުއްޓާލުމަށް ބުންޏެވެ. އަދި އެއީ އެކަހަލަ ކަމެއް ނޫނޭ ބުނެ އެތަނުން ހިނގާށޭ ވެސް ބުންޏެވެ. ނަމަވެސް އަހަރެން ހުއްޓައެއް ނުލަމެވެ. ފިރިމީހާ ވެސް އުޅެނީ އެހެންނޭ، އޮފީސް މީހުންނާއެކީގައޭ ކިޔާފައި އެހެން އަންހެން ކުދިންނާއެކީގައި އުޅެނީ އޭ ބުނީމެވެ. ފިރިމީހާ ވަަރަަށް ބޮޑަށް ރުޅިއައެވެ. އަހަރެން އެއަންހެން ކުއްޖާ ގައިގައި ޖަހަން އުޅުނީމަ ހުއްޓުވާފައި އަހަންނާ ދިމާލަށް ވަރަށް ބާރަށް ފިރިމީހާ ބުނީ މަޑުން ހުރުމަށެވެ.

ކުއްލިއަކަށް އަހަރެން ވެސް ހުއްޓުން އެރުމުން އެތަނުގައި އިން އެހެން ފިރިހެނަކު ދައްކާފަ ފިރިމީހާ ބުނީ އެއީ އެއަންހެން ކުއްޖާގެ ފިރިމީހާ ކަމަށެވެ. އަދި އެދުވަހު އެމީހުން ކާން ދިޔައީ އެއަންހެން ކުއްޖާ ބަލިވެއިނުމުން އެދެމަފިރިންގެ ފަރާތުން ދިން ކެއުމެއްގެ ގޮތުން ކަމަށެވެ. ފިރިމީހާ އެހެން ބުނި އިރު ހުރީ ރުޅިއާއެކު، ރޮވިފައެވެ.

އަހަރެން ވަރަށް ލަދުގަތެވެ. އެމީހުންނަށް ސޮރީއޭ ބުނެފައި ފިރިމީހާ އެތަނުން ދިޔައީއެވެ. ކުރެވުނު ކަންތަކާއި ލަދުން އަހަންނަށް މާފަށް އެދެން ވެސް ނުކެރި އިސްޖަހައިގެން ހުރެ އަހަރެން ވެސް ދިޔައީމެވެ.

ގެއަށް އައި އިރު ފިރިމީހާ ހުރީ އެއްޗެހިތަކެއް ޕެކް ކުރާށެވެ. ކޮންތާކަށް ދަނީތޯ ބުނުމުން އޭނާ ބުނީ، އިތުބާރެއް ނެތް ދިރިއުޅުމެއްގައި އޭނާ އުޅެން ބޭނުން ނުވާ ކަމަށެވެ. އަހަރެންގެ އިތުބާރު ހޯދޭތޯ އޭނަ ކުރި މަސައްކަތްތައް ވެސް އަހަންނަށް ހަނދާން ކޮށްދިނެވެ. ފޯނު އެވަރަށް ބެލުމުން ވެސް އެއްޗެއް ނުފެނުނެއް ނޫންހޭ ވެސް ބުންޏެވެ. ނަމަވެސް ފާރަލަމުން ގޮސް އެދުވަހު އަހަރެން އެހިސާބަށް ދިޔައީ ކަަމަށް ވެސް ބުންޏެވެ. ފިރިމީހާ ބުނީ އަހަންނާ ހެދި އޭނަ ގަތް ލަދުން އޮފީހަށް އިސްތިއުފާ ވެސް ދީފި ކަމަށެވެ. ނަމަވެސް އެކަންތަކުގެ ބޮޑުކަމުން ދެން އަހަންނާއެކީ އުޅެން އުނދަގޫ ކަމަށާއި އެހެންވެ ދެން ހަދަންވީ ގޮތެއް ވިސްނެންދެން އޭނާ އޭނަގެ މަންމަމެން ކައިރިއަށް ދަނީ ކަމަށް ވެސް ބުންޏެވެ.

އެހެން ނުހެދުމަށް އަހަރެން އާދޭސް ކުރީމެވެ. ނަމަވެސް އޭނާ އަހަރެން އެގެއަށް ދޫކޮށްލާފައި ދިޔައީ އެވެ. ފޯނެއް ވެސް ނުކުރެއެވެ. ހަފްތާއެއްވަރު ފަހުން އަހަންނަށް ގުޅާފައި އޭނަ އަހަރެން ވަރި ކުރިއެވެ. ބުނީ އަހަންނާއެކު ދެން އޭނައަށް ނޫޅޭވޭނެ ކަމަށާއި އަހަރެން އޭނައަށް ދިނީ މާބޮޑު ދެރައެއް ކަމަށެވެ. އަދި އިއްދަ ހަމަވުމުން އެހެން ގެއަކަށް ދިޔުމަށް ވެސް ބުންޏެވެ.

އަހަރެންގެ ދިރިއުޅުން ވިއްސި ވިހާލިވީ އަހަންނަށް ކުރެވުނު ކުށަކުންނެވެ. މިކަމުގައި އަހަރެން އެއްވެސް އެހެން މީހަކު ކުށްވެރިއެއް ނުކުރަމެވެ."

  1. އައި

    މީ ކޮންމެވެސް ފިރޮހެނެއް ފޮނުވި އެއްކޮޅު ފެންނަ ވާހަކަ އެއް ހެން ހީވަނީ.

    • ކައިޖީން

      ދެންް ދެކޮޮޅުު ދައްކާލަދޭންވީއެއްނުު؟ ތިޔަހާާ ބޮޑަަށްް އެނގެންޏާާ.

    • ފިރިމީހާ

      ތިޔަކަހަލަ ވިސްނުން ގެންގުޅޭ އަންހެނުންނާ ހެދި ގިނަ ޢާއިލާތައް ވަކިވާން ޖެހެނީ. ތިވައްތަރު އަންހެނުން އަބަދުވެސް ވިސްނާނީ، ފައިގެ ބޮޑުވާ އިނގިއްޔާ ހަމައަށް.

      • ޢަލީ

        ވަރަށް ރަނގަޅުވާހަކައެއް

  2. މިއީ ފިރިހެނަކު ރަނގަޅުވެގެން ނިމުނު ހާދިސާއެއް ވީމަ ބާރުކުރި އަންހެެނެއްގެ ބުރިކޮމަންޓެއް ހެން ހީވަނީ!

  3. ޢަލިބެ

    މިކަހަލަ ހާދިސާތަކަކީ ވަކި ޖިންސަކަށް ވީމަ ވާގޮތެއްނޫން މިކަހަލަ ކަންކަން ދިމާވަނީ މީހާގެ ވިސްނުން ކޮށިވީމަ ހަމަ އެގޮތަށް ގެވެށި އަނިޔާއަކީ ވެސް ދެ ޖިންސުގެ މީހުން ވެސް ތަހައްމަލު ކުރަމުންދާ ކަމެއް. ޖިސްމަށް ދޭ އަނިޔާއަކީ ވަގުތީ ތަދެއް އެއާ ޚިލާފަށް ނަފްސަށް ދޭ އަނިޔާއަކީ ދާއިމީ ބޮޑު ވޭނެއް ނުހަނު ބޮޑު އަނިޔާއެއް މިއީ ވެސް ކޮށިވިސއނުމުގެ މީހުން އެހެން ގޮތަކަށް މާނަ ކުރާ ކަމެއް.

  4. އަހމްު

    ދީނ ޚިލު ކޮންމެ ގޮތް އުޅެފަވެސ އިރުބާރުު ހޯދަން
    ބަލަ ހިލ އަންހެނުންނ ފިރޮހެނޖންް އެކަކު އަންކެކަށ އަތްލާ ނޫޅެވޭނޭ

  5. ރޯސް

    1- ފުރަތަމަ ވެސް އަނބިމީހާ އަށް ދޮގުހެދީ އޮފީސް މީހުންނާ އެކު ކޮފީ އަށޭ ބުނީ، ރީތި ކޮށް ބުނެވޭނެ ދޯ އެއަންހެން ކުއްޖާ ޕްރެގް ވީމާ އޭނަގެ ފިރިމީހާ ދޭ ކެއުމަކަށް ދިޔައީއޭ
    2- ފިރިމީހާ ހުއްޓާ އެހެން ފިރިހެނެއްގެ ކައިރީގައި އިށީނުމަކީ ނުވާނެ ކަމެއް