ދުނިޔެ

އެންޖެލީނާއާ ވައްތަރުވާން އުޅެގެން 10 އަހަރު ދުވަހަށް ޖަލަށްލީ ސެހެރް ދޫކޮށްލައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހޮވީވުޑްގެ މަޝްހޫރު ފިލްމީތަރި އެންޖެލީނާ ޖޮލީ އާއި ވައްތަރުވާން މަސައްކަތް ކުރި އީރާންގެ މޮޑެލް، 10 އަހަރު ދުވަހަށް ޖަލަށްލުމަށް ފަހު މިހާރު ދޫކޮށްލައިފިއެވެ.

Ads by Sosun Fihaara

ތެހްރާން އަށް އުފަން އުމުރުން 19 އަހަރުގެ ފާތިމާ ޚިޝްވަންދް (އާއްމުކޮށް މީހުންނަށް އެނގޭ ނަމުން ނަމަ ސެހެރް ތަބާރް) ޖަލުން ދޫކޮށްލީ ކަފާލާތުގެ ދަށުން އިއްޔެ ގެ ވަގުތެއްގައި ކަމަށް ބޭރުގެ ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.

ފުލުހުން އެންމެ ފުރަތަމަ ސެހެރް ހައްޔަރު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އަދި އޭނާއަށް 10 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ހަފްތާގެ ތެރޭގައި އިއްވީ، އާއްމުންގެ ތެރޭގައި ކޮރަޕްޝަން ޕްރޮމޯޓު ކުރިކަމަށް ބުނެއެވެ.

އެނގިފައިވާ ގޮތުގައި ސެހެރް ގެ ކުށަކަށްވީ، އެންޖެލީނާއަށް ވާން މަސައްކަތް ކުރި ކަމަށް ބުނެ އޭނަ ކުރިން ދޮގު ހެދުމެވެ. އެގޮތުން 2017 ވަނަ އަހަރުގެ ތެރޭގައި ސެހެރް އޭނާގެ އިންސްޓަގްރާމް ގައި ފޮޓޯތަކެއް ލުމަށްފަހު ބުނީ އެންޖެލީނާ އަށް ވުމަށްޓަކައި 50 އަށްވުރެ ގިނަ ކޮސްމެޓިކް ސާޖެރީ ހެދި ކަމަށެވެ. އެފޮޓޯތައް ބަލާފައި ގިނަ މީހުން ބުނީ ސެހެރް ވައްތަރީ "ކޯޕްސް ބްރައިޑް" ކާޓޫނާ ކަމަށެވެ.

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމުން ފަހުން ސެހެރް ބުނީ އޭނާ އެއްވެސް އޮޕަރޭޝަނެއް ނުކުރާ ކަމަށާއި އެއީ މޭކަޕް ކޮށްފައި ނަގާފައި ހުރި އެޑިޓްކޮށްފައިވާ ފޮޓޯތަކެއް ކަމަށެވެ.

ސެހެރް ކަހަލަ ޒުވާނަކަށް އިރާނު ސަރުކާރުން 10 އަހަރުގެ ޖަލު ހުކުމެއް އިއްވުން އެކަމާ ދެކޮޅަށް އެތައް ބަޔަކު ވަނީ އުޑު އުފުލާފައެވެ. އެގޮތުން އެންމެ ފުރަތަމަ އަޑުއުލީ އެމެރިކާ ގައި ހުންނަ އިރާނުގެ ނޫސްވެރިޔާ އަދި އެކްޓިވިސްޓް މާސިހް އަލީ ނެޖާދް އެވެ. އޭނާ ވަނީ ސެހެރް ސަލާމަތް ކުރަން މަސައްކަތް ކޮށްދިނުމަށް އެންޖެލީނާ ޖޮލީ އަށް ވެސް ގޮވާލާފައެވެ.

Ads by Ooredoo
  1. ޑިމޮކްރަސީ

    ތިހާވަރަށް ދެން މީހަކު ވައްތަރުވާނި ހެއް ހެއް އެއްޗެއްނުކިއްޔާ ރަގަޅުވާނި