އަމިއްލަ 31 ވިޔަފާރިއެއް އިކޮނޮމިކް މިނިސްޓްރީން ބާތިލް ކޮށްފި

އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ތެރެއިން 31 ވިޔަފާރިއެއް މިނިސްޓްރީ އޮފް އިކޮނޮމިކްސް ޑިވޮލޮޕްމެންޓުން ބަންދުކޮށްފިއެެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ވިދާޅުވީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ތެރެއިން 31 ވިޔަފާރިއެއް މިދިޔަ އޮކްޓޯބަރު މަހު ބާތިލް ކޮށްފައިވާ ކަމަށެވެ.
އަދި މި ބާތިލް ކޮށްފައި ވާނީ އަމިއްލައަށް އުވާލަން އެދުމުން އުވާލާފައިވާ ކުންފުނިތައް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަކީ އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ މައިދާނަށް ނެރެ، އެ ފަރާތްތަކަށް ވިޔަފާރި ހިންގުމަށް މަގުފަހިކުރުމަށް ބާރުއެޅުމުގެ ގޮތުން 2014 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނެކެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މިލްކުވެރި ފަރާތަކީ ވިޔަފާރީގެ ވެރިފަރާތް އެކަންޏެވެ.