ޚަބަރު

ގެސްޓްހައުސް ހުޅުވުމާ ދެކޮޅަށް ފުޅަދޫގައި މުޒާހަރާ ކުރަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ގެސްޓް ހައުސް ހުޅުވުމާ ދެކޮޅަށް ބ.ފުޅަދޫގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

Ads by MWSC

މާލެ ސަރަހައްދު ނުހިމަނައި ރާއްޖޭގެ 29 ރަށެއްގެ ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން މިހާރު ދީފައިވާއިރު، ބ.ފުޅަދޫގައި ހިންގަމުން އަންނަ ތްރީ ހާޓް ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ އެމިނިސްޓްރީން ވަނީ ދީފައެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ވާގޮތުން ގެސްޓް ހައުސް ހުޅުވާފައި ހުންނަ ރަށްރަށުން އެހެން ރަށަކަށް ދަތުރު ކުރަން ޖެހޭނަމަ ކަރަންޓީން ވާން ޖެހެއެވެ.

މުޒާހަރާ ކުރަމުންދާކަން ކަށަވަރު ކޮށްދެއްވަމުން، ފުޅަދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ އަޒްހަރު ވިދާޅުވީ، މިއަދު 1:30 އިން ފެށިގެން ސުލްހަވެރި ކަމާއެކު އެރަށުގެ ރައްޔިތުން ޚިޔާލު ފާޅުކުރަން ކައުންސިލް ދޮށަށް އެއްވެފައިވާ ކަމަށެވެ.

"ރައްޔިތުންގެ ތެރެއިން ބޭފުޅުން ކޮޅެއް ވަޑައިގެން ކައުންސިލް އިދާރާ ދޮށުގައި ކަންބޮޑުވުން އެބަ ފާޅު ކުރައްވާ. އެބޭފުޅުން ކަންބޮޑުވުމަކީ ލޯކަލް ޓޫރިޒަމް ހުޅުވާ އިރުގައި އެޗްޕީއޭގެ ގައިޑްލައިންގައި އޮތް ގޮތުން އެބޭފުޅުނަށް އޮތް ދަތިތައް. ހައްލެއް ލިބޭތޯ އަޑު އުފުލަމުން ދަނީ" އަލީ އަޒްހަރް ވިދާޅުވިއެވެ.

އެއްވުމުގެ ބައިވެރިން ކައުންސިލް ދޮށުގައި ބޯޑު ހިފައިގެން ތިބިއިރު، "ރަށުގައި ރަށު ރައްޔިތުންނަށް ބަންދު ވެވެން ނެތް" ކަމަށް ބައިވެރިން ދަނީ ބުނަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!