Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އުމުރާ އަށް ދިޔަ 85 އަހަރުގެ މީހަކަށް ނިއުމޯނިޔާ ޖެހި އައިސީޔޫގައި

އުމުރާ އަށް ދިޔަ 85 އަހަރުގެ މީހަކަށް ނިއުމޯނިޔާ ޖެހި އައިސީޔޫގައި

ރާއްޖެއިން އުމުރާގެ އަޅުކަން އަދާކުރަން ދިޔަ އުމުރުން 85 އަހަރުގެ ދިވެހި ފިރިހެނަކަށް ނިއުމޯނިޔާ ޖެހިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕޫގައި މި ވަގުތު ސައުދީގައި ހުންނެވި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މީހާ އަށް ފަރުވާދެމުން ދަނީ މައްކާގެ ނޫރު ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ.

"އެމީހާ ގެނައި ގްރޫޕުން އޭނާއަށް ވަރަށް ރަނގަޅު. އާއިލާގެ މީހަކު ގާތުގައި މިވަގުތުގައި ނެތް" ޝަހީމް ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

ނަމަވެސް އޭނާގެ ދަރިޔަކު މާދަމާ މައްކާއަށް ދާނެ ކަމަށާއި އެ ދަރިފުޅާވެސް ވާހަކަ ދައްކާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އުމުރާގެ އަޅުކަމަށް ހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި އެކި ކުންފުނިތަކުގެ ހަވާލުގައި 6373 ވުރެ ގިނަ މީހުން ގޮސްފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް