ބޮލީވުޑް މުނިފޫހިފިލުވުން

ކޮރޯނާ ވައިރަސް ނުފެތުރުނުނަމަ މިއަހަރު އާލިއާ އާއި ކައިވެނި ކުރާނަން: ރަންބީރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ރަންބީރް ކަޕޫރު ،އޭނާއާއި ލޯބިވެރިޔާ އާލިއާ ބަޓްގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ.

Ads by Hajj Corporation

ރަންބީރު ބުނީ އޭނާ ބޭނުން ވަނީ އާލިއާ އަށް ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމައަށް ކާމިޔާބުވުން ކަމަށާއި އެހެންކަމުން މިއަހަރު އެފަދަ ކައިވެންޏެއް ބޭއްވެން ނެތުމުން، ކައިވެނި ފަސް ކުރީ ކަމަށެވެ.

ރަންބީރު ބުނީ އެ ދެ ތަރިން ވެސް ތިބީ މިއަހަރު ކައިވެނި ކުރަން ނިންމައިގެން ކަމަށާއި އެހެން ނަމަވެސް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރުމުގެ ސަބަބުން ކައިވެނި ފަސް ކުރީ ކަމަށެވެ. އަދި ވަރަށް އަވަހަށް އާލިއާއާ ކައިވެނި ކުރާނެ ކަމަށް ވެސް ރަންބީރު ބުނެފައި ވެއެވެ.

ކައިވެނީގެ ހަފްލާ ކުލަގަދަކޮށް، ދެ ފަރާތުގެ އާއިލާއާއި ގާތް މީހުންގެ އިތުރުން އެމީހުންނަށް ހެޔޮ އެދޭ އެންމެން ވެސް ހިމަނައިގެން ބާއްވަން ބޭނުންވާ ކަމަށާއި އެހެންނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރައްކާތެރިވުމުގެ ގޮތުން މިދުވަސްވަރު އެތައް ކަމެއް ބަލަން ޖެހުމުން، އެންމެ ރަނގަޅު ގޮތަކީ ކައިވެނި އަދި ފަސް ކޮށްލުން ކަމަށް އެދެމީހުންނަށް ވެސް ފެނުނު ކަމަށް ރަންބީރު ބުނެފައިވެއެވެ.

ރަންބީރް އާއި އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ތިން އަހަރު ވެދާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!