ޚަބަރު

ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ހަމަޖެހިގެންދާނެ: ރައީސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކޮވިޑް-19 ވެކްސިން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19 ގެ އަސަރު އިގްތިސޯދީގޮތުން އެންމެ ގަދަޔަށް ކުރި ގައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

އެގޮތުން ކޯވިޑް-19 އަކީ ސުނާމީ ކާރިޘާއަށް ފަހު ރާއްޖެއަށް ކުރިމަތިވި އެ ފަދަ އެންމެ ބޮޑު ކާރިޘާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ދަތުރުފަތުރުގެ ވިއުގަ ހުއްޓުމަކަށް އައުމުގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވީ މިއިން ދުވަހަކު ވެސް ކުރިމަތިނުވާ ފަދަ ބޮޑެތި އިޤްތިޞާދީ ދަތިތަކަކާ ކަމުގައެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިން ބޭނުން ކުރަން ފެށުމަކީ މިކަމުން އަރައިގަނެވެން ލިބުނު އުންމީދެއް ކަމަށާއި ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކޮވިޑް-19 ވެކްސިން ހިލޭ ހަމަޖެހިގެންދާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

 

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!