ލައިފްސްޓައިލް

އަކުނިވަޔަށް ދެމުމަށް ދިމާވާ ބައެއް ސަބަބުތައް

ދެން އެމްވީ ، ދެން އޮންލައިން

ބައެއް ފަހަރަށް ދެތިން އިނގިއްޔެއް ކުޑަކޮށް އަކުނިވަޔަށް ދަމައިލާފައި ރަނގަޅު ވެދާނެ އެވެ. އަނެއް ބައި ފަހަރަށް ފައި ފަދަ ތަނެއް އަކުނިވަޔަށް ދަމައިގަނެ އެތައް އިރެއް ވަންދެން ރަނގަޅު ނުވެގެން ވެސް އުޅެން ޖެހިދާނެ އެވެ. މިކަމުގެ ސަބަބުން، އަކުނިވަޔަށް ދެމި ހިސާބުގެ މަސްތަކަށް ތަދުވެ، ހަރުވެ އަދި ރިއްސާގޮތް މެދުވެރިވެ އެވެ.

Ads by STELCO

އާދައިގެ ހުން އައުމާއި އަރިދަފުސް ރޯގާ ފަދަ ބައްޔެއްގެ ސަބަބުން ވެސް އަކުނިވަޔަށް ދަމާފާނެއެވެ. ނުވަތަ އެއަށް ވުރެ ބޮޑެތި ބަލިތައް ކަމަށްވާ ފައިބްރޮމައިލްޖިއާ، ޕާކިންސަންސް ޑިޒީޒް، ހަންޓިންގްސް ޑިޒީޒް ފަދަ ބައްޔެއް ހުރުމުގެ ސަބަބުން ވެސް އަކުނިވަޔަށް ދަމާފާނެއެވެ. ދިރޭއެއްޗެއް ދަތް އަޅައިގެން ނުވަތަ އެލާޖީއެއްގެ ސަބަބުން ވެސް މި މައްސަލަ ދިމާވެދާނެ އެވެ. އަދި މި ނޫނަސް ވަރަށް ހައިރާންވާ ކަހަލަ ކަންތައްތަކާ ހެދި ވެސް އަކުނިވަޔަށް ދެމުމަކީ ހަމަ ވެދާނެ ކަމެކެވެ.

މި ސަބަބުތަކާ ހެދި، އަކުނިވަޔަށް ދެމިޔަސް ގިނަ މީހުން އެއީ މާ ބޮޑު ކަމަކަށް ނުހަދައެވެ. ނަމަވެސް އަކުނިވަޔަށް ދަމާ ހަގީގީ ސަބަބު ހޯދިއްޖެ ނަމަ އެފަދަ ކަމެއް އިތުރަށް މެދުވެރިވިޔަ ނުދިނުމަށް އެކަށީގެންވާ ރައްކާތެރިކަން ހޯދޭނެއެވެ.

އަކުނިވަޔަށް ދަމަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ގައިން ފެން މަދުވުމެވެ. ޚާއްސަކޮށް، އެކަށީގެންވާ މިންވަރަކަށް ފެން ނުބޯނަމަ ކަސްރަތު ކުރާއިރުއާއި އަތްވަށް ނުކުމެ އުޅޭ ވަގުތުތަކުގައި މާގިނައިން ދާހިއްލުމުން މި މައްސަލަ ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

އަކުނިވަޔަށް ދަމައިގަންނަނީ ހަށިގަނޑުގައިވާ އިލެކްޓްރޯލައިޓް ބެލެންސަށް ބުރޫ އެރުމުންނެވެ. ހަށިގަނޑުގައި އެކަށީގެންވާ ވަރަށް ފެނާއި މިނަރަލްސް ނެތް ނަމަ އަކުނިވަޔަށް ދަމަން ފަށާނެއެވެ.

އިށީނދެގެން އިންނައިރު ރަނގަޅަށް އުނަގަނޑު ހިފަހައްޓައިގެން އެ އިންނަންޖެހޭ ގޮތަށް ނީންނަ ނަމަ އުނަގަނޑު ނުވަތަ ބުރަކަށި ފަދަ ތަންތަން ވެސް އަކުނިވަޔަށް ދަމާނެއެވެ. ސަބަބަކީ އެ އިނދެވޭ ގޮތަކުން ހަށިގަނޑުގެ ވަކި ބަޔަކަށް ޕްރެޝަރު މާބޮޑުވެ އެބައިތަކަށް އޮކްސިޖަން ދަތުރުކުރާ ވަރު މަދުވެ މަސްތަކަށް ނިއުޓްރިއަންޓް ސަޕްލައި ނުކޮށްދޭތީއެވެ.

ރޭގަނޑު ދަންވަރު ކުއްލިއަކަށް އަކުނިވަޔަށް ދަމައިގަނެގެން ތެދުވެވޭ ހެއްޔެވެ؟ އެއީ ހައިޕޮކްސިއާގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. ހައިޕޮކްސިއާ އަކީ ލޭ ދައުރުވުމަށް ހުރަހެއް ކުރިމަތިވުމެވެ. މިހެން ވެއްޖެ ނަމަ، އަކުނިވަޔަށް ދަމާ ހިސާބުގައި ހޫނު ފެން ހަމެއް ނުވަތަ ހީޓް ޕެކެއް އަޅާށެވެ.

ހަށިގަނޑުގައި ވިޓަމިން ބީ12 އެކަށީގެންވާ ވަރަށް ނެތުމުން ވެސް އަކުނިވަޔަށް ދަމާފާނެއެވެ. ވިޓަމިން ބީ12 މަދުވުމުން ހަށިގަނޑުގެ އެކި ބައިތަކަށް އޮކްސިޖަން ފޮނުވައިދިނުމަށް ނުކުޅެދޭގޮތް ވެއެވެ. ނަތީޖާއަކަށް ވަނީ ބްލަޑް ސެލްސްތައް މަދުވުމެވެ. އެހެންކަމުން ދެން ފަހަރަކުން އަކުނިވަޔަށް ދަމައިފި ނަމަ ލޭ މަދުތޯ ޗެކްކުރާށެވެ.

ޕޮޓޭސިއަމް މަދުވުމަކީ ވެސް އަކުނިވަޔަށް ދަމަން މެދުވެރިވާ ސަބަބެކެވެ. ޕޮޓޭސިއަމް މަދުވުމުން އިލެކްޓްރޯލައިޓްގެ ބެލެންސް ގެއްލެއެވެ. ނަތީޖާއަކީ މަސްތައް އަކުނިވަޔަށް ދެމުމެވެ. ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވަން ދީފައި ހުންނަ ބޭސް ފަދަ ބައެއް ބޭހުން ވެސް އަކުނިވަޔަށް ދަމަން މެދުވެރި ވެއެވެ. ސަބަބަކީ މިފަދަ ބޭހުން ވެސް އިލެކްޓްރޯލައިޓްގެ ބެލެންސް ގެއްލޭތީއެވެ.

  1. ާއައިސޫ

    ކޮބާ ރެފަރެންސް؟