ޚަބަރު

މުޒާހަރާ ކުރިޔަސް އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތެއް ނުދޭނަން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ގޮވާލާ މުޒާހަރާ ކުރިނަމަވެސް، ރާއްޖޭގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުދޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝެއިޚް އިލްޔާސް ވިދާޅުވީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ދީނީ ހަރުކަށި ކަމާ ދެކޮޅަށް އަދި އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ބުނެ، ރާއްޖޭގައި މުޒާހަރާ ކުރުމަށް ރާވަމުން އަންނަ ކަމަށެވެ.

އޮޅުވާލައިގެން އަޑިނޭނގޭ ގޮތަށް މިފަދަ ހަރަކާތްތައް ހިންގިޔަސް ރާއްޖޭގެ ފަސްގަނޑުން އިސްލާމްދީން ނޫން ދީނަކަށް ޖާގަ ދިވެހި ރައްޔިތުން ނުދެއްވާނެކަމަށް ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

“ މުޒާހަރާ ކުރިޔަސް މި ފަސްގަނޑުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުދޭނެ. އިންޝާالله. މިފަދަ ރޭވުންތަކުގައި ރައްޔިތުން ބައިވެރި ނުވުމަށް ދަންނަވަން.” ޝެއިޚް އިލްޔާސް ވިދާޅުވިއެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުމާ ދެކޮޅަށް ދޭތެރެެ ދޭތެރެއިން މުޒާހަރާ ކުރެއެވެ. އަދި ހަރުކަށި ފިކުރަކީ ދީނީ ގިނަ އިލްމުވެރިން ވެސް ދެކޮޅު ހަދާ ފިކުރެކެވެ.

  1. ޢަލީ

    ޝެއިޚް އިލްޔާސް މެން ކަހަލަ އަމިއްލަ އެދުން ބޮޑު ސޭކުން ގިނަވީމަ ގައުމެއް ފަނާވެ ހިނގައިދާނެ
    މިކަހަލަ ސޭކުން ގިނައީ މިހާރު ، ގިނަ ދިވެހިން ނަކަށް ވާނުވާވެސް ނޭގޭ ، މާނައަކީ 60% ދިވެހިން ، އަމިއްލައަށް ކޮންމެ ދިވެއްސެއްވެސް ތިމާމީ މީގެން ކޮން ފަޅިއެއް ތޯ ރަނގަޅަށް ލޯހުޅުވާފަ ނިދިން ހޭލާ ފުންކޮށް ވިސްނީ މަ އެނގޭނޭ.

    • ށަމު

      ލާދީނީ ސެކިއުލަރ އެމްޑީޕީ އިން ހިންގާ ލާދީނީ ހަރަކާތްތައް ދިފާޢުކޮށް އެކަންކަން ރައްޔިތުންނަށް އޮޅުވާލަން ހުރީ ސޭކު ހުސައިން ރަޝީދުކަން ރާއްޖޭގެ 95% ރައްޔިތުންނަށް އެނގޭ

  2. ކަންނެލިއޮޑި

    ކަލެއެކޭ ނަޝީދެކޭ ތަފާތެއް ނުފެނޭ!

  3. ސަމް

    ޝުކުރިއްާ