ޚަބަރު

ސުޕާރީ މަނަލެއް ނޫން، އޭގެ ޕެކިންގ ބަދަލު ކުރީމަ ބޭނުން ކުރެވޭނެ: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުމަށް ގެނެވުނު ބަދަލަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.

Ads by MWSC

އެގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްލާސްޓިކް މަދުކުރުމަށް ގެނެވުނު ޤާނޫނީ ބަދަލުތައް ތަންފީޒު ކޮށްދެއްވާތީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ.

"ސުޕާރީ މަނަލެއް ނޫން. އެހެނަސް އޭގެ ޕެކިންގް ބަަދަލު ކުރީމަ ބޭނުން ކުރެވޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ސުޕާރީ ވެސް ހިމެނޭ ގޮތަށް ރާއްޖެ އެތެރެކުރާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް އަންނަ އަހަރުގެ ޖޫން މަހުގެ ފަހުން ރާއްޖެ އެތެރެކުރުން ވަނީ މަނާ ކޮށްފައެވެ. އެގޮތުން މަނާ ކޮށްފައިވަނީ:

  • ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
  • ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)

 

  1. ޓެކުސް

    ތިބޭފުޅާއަށް އެއާ ނުލާ ނޫޅެވޭ ސިގިރޭޓު ވެސް ފޮށީގަ ބަންދު ކޮށްފަ ހުންނަނީ ޕްލާސްޓިކުގަ. އެވެސް މަނާ ވާނެދޯ

  2. ޢާދަނުބެ

    މީ ހަމަ މިގައުމުގެ ވެރިންގެ މެޑެލް ހޯދަންކުރާ ކަންކަން ދުނިޔޭގެ ބޮޑެތި ގައުމުތަކުގަ މިކަހަލަ ކަންކަން ނުކުރާއިރު މިކަހަލަ އެންމެ ތިންކެނަ އުޅޭތަނަކުން އުޅުނީމަ ތިމާވެށި ހިމާޔަށްކުރެވޭތަ މި ކަހަލަ ކަންކަމުން އެނެތްކާވެސް ހުސްވާނީ ރައީތުމީހާ ވޮލެޓު ހަމަ ގައިމުވެސް މި ތަކެތީގެ އަގު އުފުލޭނެ