ކުރީގެ މެންބަރު ޝާހިދު އަނެއްކާވެސް ކައިވެނި ބައްލަވައިގެންފި

ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އާއި ކައިވެނި ބައްލަވައިގަތް މުޙައްމަދު ޝާހިދު އަނެއްކާ ވެސް ކައިވެނި ބައްލަވައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އޭރުގެ މެންބަރު ޝާހިދު، އިރުތިޝާމް އާއި ކައިވެނި ބައްލަވައިގެންނެވީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ.
ނަމަވެސް ޝާހިދު އާއި އިރުތިޝާމް ގެ ކައިވެނި މިހާރު ރޫޅިފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ.
އެނގިފައިވާ ގޮތުގައި ކުރީގެ މެންބަރު ޝާހިދު އަލުން ކައިވެނި ބައްލަވައިގެންފައި ވަނީ ރޭގެ ވަގުތެއްގައެވެ. ޝާހިދުގެ އަނބިކަނބަލުންގެ ނަމަކީ އައިޝަތު މުޒްނާ އެވެ. އެދެކަނބަލުންގެ ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ ހޮޓެލް ޖެން ގައެވެ.