ޚަބަރު

ސިރާޖު، ފައިރޫޝްއަށް: ކުށް ކޮށްފައި ރިޓަޔާ ކޮށްގެން އަދަބުން ރެކެވިގެން ނުވާނެ!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވުމުން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

ފުލުހުންގެ ވަޒީފާގައި 20 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ފައިރޫޝް އިއްޔެ އެމަގާމުން ރިޓަޔަރ ވުމުން، އޭނާއަށް ސީޕީ ހަމީދު ވަނީ ޝުކުރު އަދާ ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

މި ޓްވީޓަށް ރައްދު ދެއްވައި ސިރާޖު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުށް ކޮށްފައި އިސްތިއުފާ ދީ ނުވަތަ ރިޓެޔާ ކޮށްގެން އަދަބުން ރެކެވިގެން ނުވާނެ ކަމަށެވެ.

"ރައްޔިތުން އެދޭފަދަ އިތުބާރު ކުރެވޭ ފުލުހުންގެ ހިދުމަތެއް ނުލިބި ލަސް މިވަނީ ފައިރޫޝް ފަދަ ފުލުހުންގެ ސަބަބުން." ސިރާޖު ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ރައީސް ނަޝީދުގެ ވެރިކަން ނިމުނު ފެބްރުއަރީ 7، 2012 ގެ މުޒާހަރާގައި ފުލުހުންގެ ތެރެއިން ބަޔަކު ބައިވެރިވިއިރު އޭގެ ތެރޭގައި ފައިރޫޝް ވަރަށް އިސްކޮށް ބައިވެރިވެފައި ވެއެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ގިނަ އަދަދެއްގެ ބޭފުޅުން ވެސް އަންނަނީ ފައިރޫޝްއަށް އަދި ސީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!