އިމާރާތުން އަންހެނަކު ވެއްޓުނު މައްސަލާގައި ނުފޫޒެއް ނުފޯރުވަން: މިނިސްޓަރު އަމީން

މާލޭގެ ހެންވޭރުގައި ހުރި އިމާރާތަކުން ޖެހިގެން ހުރި ގޭގެ ފުރާޅު މަައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގަމުންދާ ތަހުގީގަށް އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ޓްރާންސްޕޯޓް މިިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ވެއްޓިފަައި އޮއްވާ ފެނުނު އަންހެން ޒުވާނާ އެ ރޭ އެންމެ ފުރަތަމަ ދިޔައީ އަމީން ދިރިއުޅޭ އިމާރާތަށެވެ. އެ އިމާރާތުން އަންހެން ޒުވާނާއާއި އިތުރު ތިން މީހަކު ނުކުތީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވެ އެވެ.
ފުލުހުން ދީފައިވާ މައުލޫމާތު:
- މާލޭގެ މެދުތެރޭގެ ސަރަހައްދެއްގައި ހުންނަ ގެއަށް (އަމީން ދިރިއުޅޭ ގެއަށް) ވަދެފައި ވަނީ މެންދަމު 12:30 އެހައިކަންހާއިރު
- އިސްވެދެންނެވި ގެއިން ނުކުމެފައިވަނީ ފަތިހު 3:40 އެހައިކަންހާއިރު
- އޭގެ ތެރެއިން 4 މީހަކު، ހެންވޭރު އަމީނީމަގު ގައި ހުންނަ ގެއަކަށް ވަދެފައި ވަނީ 4:00 އެހައިކަންހާއިރު. އެ ގެއިން ނުކުމެފައި ވަނީ އޭގެ 10 ވަރަކަށް މިނިޓް ފަހުން.
- އެއަށްފަހު، ވެއްޓުނު އަންހެން މީހާއާއި އިތުރު ފިރިހެނަކު ގޮސްފައިވަނީ އެ ހާދިސާ ހިނގި ގެއަށް






ކޮމެންޓް