Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކަނޑުދަތުރުފަތުރުގެ ކޯސްތައް ރެގިއުލޭޓް ކުރެވޭނެ ގޮތަށް އުސޫލު ހަރުދަނާކޮށްފި

ކަނޑުދަތުރުފަތުރުގެ ކޯސްތައް ރެގިއުލޭޓް ކުރެވޭނެ ގޮތަށް އުސޫލު ހަރުދަނާކޮށްފި
ކަނޑުދަތުރުފަތުރުގެ ކޯސްތައް ޓްރާންސްޕޯޓް މިނިސްޓްރީން ރަނގަޅަށް ރެގިއުލޭޓް ކުރެވޭނެ ގޮތަށް އުސޫލު ހަރުދަނާކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. މި ކަން ހާމަކޮށްފައިވަނީ ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ’ސަރުކާރު‘ ވެބްސައިޓްގަ އެވެ. އޭގައި ލިޔެފައިވާ ގޮތުން މީގެ ފަހުން މިފަދަ ކޯސްތައް ހިންގާ ފަރާތްތަކުން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި:
  • ކޮންމެ ކޯހެއް ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިނިސްޓްރީއިން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ހުށަހެޅުން
  • ކިޔަވައިދޭ މަރުކަޒުތަކުން ކޯހެއް ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް، މިނިސްޓްރީ އިން ކަނޑައަޅާ ވަކި ފޯމެޓެއްގައި ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުން
  • ކޯހެއްގެ ބެޗެއް ހިންގާނަމަ މިނިސްޓްރީގެ ހުއްދަ ވަކި ވަކި ކޮންމެ ބެޗަކަށް ނެގުން
  • ދުވަހުން ދުވަހަށް ކްލާހުގެ ހާޒިރީ އަދި ކްލާސް ކުރިއަށް ގެންދާގޮތުގެ ފޮޓޯ ހުށަހަޅަން ވާނެ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް