ބައްސާމްގެ އިތުރު މައްސަލަތަކަކާއި ކްލަބްތަކަށް ދިން ފައިސާއަށް ހިޔާނާތްތެރިވި މައްސަލަ ބަލަނީ

ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ އުފުލައިފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި އިތުރު މައްސަލަތަކެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެފްއޭއެމް އަށް ދުނިޔޭގެ ފުޓުބޯޅަ އިދާރާ (ފީފާ)އިން ފޮނުވި 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާތީ ބައްސާމްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލީ މިދިޔަ ޖެނުއަރީ މަހު އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް އުފުލި އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ބައްސާމް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރުވެސް ފުލުހުން ކުރަމުންދާ ކަމަށެވެ.
އެގޮތުން ބައްސާމް ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަވެސް ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.
"މީގެ އިތުރުން، އެފް.އޭ.އެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށްދާކަން މި ފުރުސަތުގައި ފާހަގަކުރަމެވެ." ފުލުހުން ހިއްސާކުރި މެސެޖުގައި ބުނެފައި ވެއެވެ.
ބައްސާމްއަށް ކޮށްފައިވާ ދައުވާތަކުގެ އިތުރުން ޕީޖީ އޮފީހުން ވަނީ ބައްސާމް ހިންގި ހިޔާނާތާ ގުޅިގެން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1.2 މިލިއަން އެމެރިކާ ޑޮލަރު ބައްސާމުގެ އަތުން ނަގައިދިނުމަށް ވެސް އެދިފަ އެވެ.
އަދި އޭގެ އިތުރުން މަނީލޯންޑާ ކޮށްފައިވާ ފައިސާ ބޭނުންކޮށްގެން ބައްސާމް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައި ވެއެވެ.

.jpeg?prefix=media)

ކޮމެންޓް