ދުނިޔެ

ކްރިސްޓިއަން ފާދިރީއެއް އިސްލާމްވެ ފައްޅި ، މިސްކިތަކަށް ބަދަލު ކޮށްފި 

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ނައިޖީރިޔާގެ އޮޔޯ ސްޓޭޓްގެ ވެރިރަށް އިބާޑަންގެ ކްރިސްޓިއަން ފާދިރީއެއް އިސްލާމްދީން ގަބޫލުކޮށް އޭނާ އަޅުކަން ކުރަމުން ގެންދިޔަ ފައްޅި މިސްކިތަކަށް ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތަކުން ޚަބަރު ލިބިފައިވާ ގޮތުގައި ދެ ބަޔަކަށް ހުންނަ ފައްޅި މިސްކިތަކަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވުމުގެ ހަފްލާގައި އެ ސަރަހައްދުގެ މުސްލިމު ކޮމިޔުނިޓީގެ ވެރީންނާއި އެ ސިޓީގެ މުސްލިމު ވެރީން ވަނީ ބައިވެރިވެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ފާދިރީ އިސްލާމްވާން ދިމާވީ އޭނާއަށް ފެނުނު ހުވަފެންތަކެއްގެ ސަބަބުންނެވެ. ފުރަތަމަ ރޭ އޭނާއަށް ހުވަފެނުން ފެނުނީ ޖުއްބާ ލައިގެން ތިބި ބަޔަކު އަޅުކަންކޮށް ، ﷲއަކުބަރުއޭ ގޮވާ ދުޢާ ކުރަމުން ދިޔަ މަންޒަރެވެ. މި ހުވަފެނުގެ ތެރޭގައި ހާސްވެގެން ކުއްލިއަކަށް އޭނާއަށް ހޭލެވުމުން އޭނާ ވަނީ ފައްޅިއަށް މީހުން ފޮނުވާ އޭނާއަށް ހަމަޖެހުން ހޯދޭތޯ އަޅުކަން ކުރުވާފައެވެ. ނަމަވެސް ޖެހިގެން އައި ރޭ ވެސް އޭނާއަށް ވަނީ އެ ހުވަފެން ތަކުރާރުވެފައެވެ. އެރޭ ފެނުނީ ސީދާ އޭނާގެ ފައްޅީގައި އެތައް ބަޔަކު ރުކޫއާއި ސަޖިދަކޮށް އަޅުކަން ކުރާ މަންޒަރެވެ. މިފަހަރު އޭނާ ނިންމީ މުސްލިމް އިލްމުވެރީންގެ ކިބައިން ނަސޭހަތް ހޯދާށެވެ. އަދި އެ އިލްމުވެރީންގެ ނަސޭހަތާއެކު ފާދިރީ ވަނީ ހިނައިގަނެ ، ޝަހާދަތުގެ ދެ ކަލިމާ ކިޔާ އިސްލާމްދީން ގަބޫލު ކޮށްފައެވެ.

ދީން ގަބޫލު ކުރުމަށްފަހު ފައްޅި ، މިސްކިތަކަށް ބަދަލު ކުރުމަށް ކުރި މަސައްކަތުގައި ފްރާންސްގެ އިސްލާމީ ޖަމާއަތަކުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 4.5 މިލިއަން ނައިޖީރިޔާ ނައިރާ ، އެފަރާތުން ވަނީ ހަދިޔާ ކޮށްފައެވެ. އަދި ކުރިން ފައްޅީގައިވާ އަޅުކަން ކުރާ ބަޔާއި ފާދިރީން ނިދުމާއި ކެއުމަށް ކަނޑައަޅާފައިވާ ބައި ވަނީ މިސްކިތަށް ބަދަލުކޮށް ، ދެ ބައި ދެ ޖިންސުގެ މީހުންނަށް ޚާއްޞަކޮށްފައެވެ.

  1. ާްއަލީ

    އޭނާ ހިތާނު ކުރާނީ ކާކުބާ؟

    • ބީއްތާ

      ނަޞާރާއިންނަކީ ހިތާނުކޮށް އުޅޭބައެއް

    • ޙަސަން

      ކަލޭ ދޭބަލަ ކުރަން.

  2. ާހިލަބ

    الله އަކްބަރު
    ސާބިތުކަން މިންވަރުކުރައްވާށި

  3. ކުޑަމޫސަ

    ما شاء الله

  4. ޔާމްބެ

    ألله أكبر ،ޔާﷲ ނައިޖީރިޔާ ގެ ގިނަބަޔަކަށް ތެދުމަގު ދެއްކެވުމުން އިސްލާމްދީން މަތިވެރިކުރައްވާށި! އާމީން

  5. ޙައްވަ

    ޢަލްޙަމްދުު ލިއްލާހިި.