ޚަބަރު

ކެމްޕޭނު ކުރަން ހަމަހަމަ ފުރުސަތު ނުދެވޭނަމަ ކައުންސިލު އިންތިހާބު ނުބާއްވާނަން : އީސީގެ ރައީސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަހަރުގެ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބަށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ދެވެން ނެތް ނަމަ، އެއިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by MWSC

އޮންލައިން ނޫސް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އީސީ ޝަރީފު ވިދާޅުވީ ލޯކަލް ކައުންސިލު އިންތިހާބަށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ދެވެން ނެތް ނަމަ، އެއިންތިހާބު ނުބޭއްވޭނެ ކަމަށެވެ.

ކައުންސިލު އިންތިހާބު ލަސްވުމާ ގުޅިގެން އިދިކޮޅުން މިހާރު ވެސް ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އީސީގެ ރައީސް ވިދާޅުވީ އިންތިހާބު ބޭއްވުމުގައި ގާނޫނުގައި ބަޔާންކުރާ ގޮތް ނޫން އިތުރު ގޮތަކަށް އެކޮމިޝަނުން އަމަލު ނުކުރާނެ ކަމަށެވެ.

"އިންތިހާބަށް އިއުލާން ކުރާ ދުވަހުން އިންތިހާބު އޮންނަ ދުވަހާ ދެމެދު، ކެމްޕެއިން ކުރުމަށް 28 ދުވަހުގެ މުއްދަތެއް ދެވެން ނެތް ނަމަ އަޅުގަނޑުމެން ބުނާނަން އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތޭ،" އީސީ ޝަރީފު ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފު ވިދާޅުވީ އީސީގައި މި ވަގުތު ތިއްބެވި މެމްބަރުން ތިއްބެވީ، އިންތިހާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނާ މައްސަލަ "ކޮމްޕްރިމައިޒް" ކުރާ ގޮތަކަށް ނޫން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!