ކޮވިޑް-19: ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން މީހުން ފައްސިވެފައި ވާ ޤައުމު
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަން އެކި ގައުމުތަކަށް ކޮށްފައިވާއިރު، ހުއްޓުމެއްނެތި އެމެރިކާގައި މި ބަލި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
މިހާތަނަށް އެމެރިކާއިން 22 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ފައްސި ވެފައެވެ. މި އަދަދާއެކު ކޮވިޑް-19 ބަލި ޖެހިގެން އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 380،000އަށް ވުރެ މައްޗަށް އަރާފައެވެ. ދުވާލެއްގެ މަތިން ބަލި ޖެހޭ މީހުންގެ އަދަދު ނިމިދިޔަ ނޮވެންބަރު މަހުން ފެށިގެން ރިކޯޑް އަދަދަކަށް ވަނީ އިތުރުވާން ފަށާފައެވެ. އަދި ބަލި ޖެހި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 125،000 އަަރާފައެވެ.
ކޮވިޑް-19 ވައިރަސް ހަލުވި ކަމާއެކު ފެތުރެމުން ދާއިރު އެމެރިކާގައި މިހާރު ދަނީ ކޮވިޑާ ގުޅުން ހުރި އާވައްތަރެެއްގެ ވޭރިއެންޓް ފެތުރެމުންނެވެ. މިހާރު ފާހަގަ ކުރެވިފައިވާ އާވައްތަރު ދަނީ މާހަލުވިކޮށް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އަރަމުންނެވެ. ކޮވިޑް-19ގެ އާވައްތަރު ގުޅިފައި ވަނީ އެމެރިކާއާއި ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.
ދުނިޔޭގެ ނިސްބަތަށް ބަލާއިރު 190 ގައުމަކުން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 90 މިލިޔަނަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2 މިލިޔަނަށް އަރާފައެވެ. ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފައި ވަނީ ކުރިޔަށް އޮތް ދުވަސްތަކަކީ ބަލި އިތުރަށް ފެތުރިގެންދާނެ ދުވަސްވަރެއް ކަމަށެވެ.