ދުނިޔެ

ދައުރު ނިމުމުގެ ކުރިން ޓްރަމްޕް ރައީސް ކަމުން ދުރު ކުރަން ހައުސް އިން ނިންމައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް

މިހިނގާ އެމެރިކާގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރައީސް ކަމުން ދުރު ކުރަން، އެމެރިކާގެ ޤާނޫން ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރިޕްރެޒެޓޭޓިވް އިން ފާސްކޮށްފިއެވެ. މިއާއެކު ޓްރަމްޕް ވެގެންދާނީ އެމެރިކާގެ ރިޔާސީ ޙަޔާތުގައި ދެފަހަރަށް އަޒުލު ކުރެވިގެންދާނެ ފުރަތަމަ ރައީސް އަށެވެ.

Ads by WAMCO

އިދިކޮޅު ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮތް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ނެގި ވޯޓުގައި ޓްރަމްޕް އިމްޕީޗްކުރީ އޭނާގެ އަމިއްލަ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރެއްގެ ވޯޓާ ވެސް އެކުގައެވެ. އެއްކޮޅަށް 232 މެމްބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް ވޯޓު ދެއްވީ 197 މެމްބަރުންނެވެ

ޓްރަމްޕް މަޤާމުން ވަކި ކުރަން ހައުސް އިން ނިންމާފައިވަނީ، ޓްރަމްޕްގެ ސަޕޯޓަރުން މިދިޔަ ހަފްތާގައި ކޮންގްރެސްގެ އިމާރާތް، ކެޕިޓަލް ތެރެއަށް ވަދެގަނެގެން ހިންގި ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވުމުގެ ތުހުމަތުގައެވެ. ނަމަވެސް ޓްރަމްޕް ރައީސް ކަމުން ވަކި ކުރެވޭނީ، ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. ސެނެޓުގައި މިވަގުތު އޮތީ ޓްރަމްޕްގެ ޕާޓީގެ މެޖޯރިޓީއެވެ. ނަމަވެސް ޖޯޖިއާގެ ގޮނޑި ޑިމޮކްރެޓުން ކާމިޔާބުކުރުމާ އެކު ސެނެޓުގައި އޮތް ރިޕަބްލިކަން މެޖޯރިޓީ ވަނީ ގެއްލިފައެވެ. ޖެނުއަރީ 20 ވަނަ ދުވަހު ހުވާ ކުރުމާއެކު، ސެނެޓްގައި ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ އަދަދު ހަމަހަމަވާނެ އެވެ. ގޮތް ނިންމާ ވޯޓް އޭރުން ލާނީ، ނައިބު ރައީސާ ކަމަލާ ހެރިސްއެވެ.

ޓްރަންޕްގެ ވެރިކަން ނިމެން 7 ދުވަހަށް ވެފައިވާއިރު، 2019 ވަނަ އަހަރުވެސް ޓްރަމްޕް ވަނީ ހައުސް އިން އިންޕީޗް ކޮށްފައެވެ. ނަމަވެސް ސެނެޓް އިން އެނިންމުން އެފަހަރު ބަލައެއް ނުގަތެވެ.

ޓްރަމްޕްގެ ދައުރު ހަމަވުމުގެ ކުރިން ސެނެޓް ޖަލްސާއެއް އަދި ތާވަލް ކޮށްފައެއް ނެތެވެ. ނަމަވެސް ޓްރަންޕްގެ ދައުރު ހަމަވިޔަސް، އޭނާ އިންޕީޗް ކުރުމުގެ ޓްރައިލް ސެނެޓްގައި ކުރިޔަށް ދާނެއެވެ. ޓްރަންޕް އިންޕީޗް ކޮށްފިނަމަ، ދެވަނަ ދައުރަކަށް ކުރިމަތިލުމާއި، ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އެމެރިކާއިން ދޭ އިނާޔަތްތަކުން އޭނާ ބާކީ ކުރުމުގެ ބާރު ލިބިގެންދާނެއެވެ.

Ads by Allied Insurance
  1. ކުރުކުރު

    ދަައްޖާލު ގެ ވެރިކަމުގަ މުސްލިމުން ނަށް މުސީބާތްޖެއްސި
    އެ މަންޒަރު ކޮޕީކޮއްގެން ގެރިމޯދީވެސް މުސްލިމުންނައް ރަށް ވެހިކަން އަތުލާ ބޮޑެތި މިސީބަތްތައް ޖައްސަނީ
    ދެ ދައްޖާލުންގެ ނިމުން ހުތުރު ކުރައްވާށި.
    އާމީން