ވިޔަފާރި ޓެކްނޮލޮޖީ

އެންމެ ފަހުން އެޕަލްއިން އިލެކްޓްރިކް ވެހިކަލް އުފައްދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެޕަލްއިން އޮޓަމެޓިކް، މުޅިން އަމިއްލައަށް ދުވާ ކާރެއް ޑިޒައިން ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

އެންމެ ފުރަތަމަ އިލެކްޓްރިކް ވެހިކަލެއްގެ މަސައްކަތް އެޕަލް އިން ފަށާފައި ވަނީ “ޕްރޮޖެކްޓް ޓައިޓޭން”ގެ ނަމުގައި 2014 ވަނަ އަހަރުގެ ތެރޭގައެވެ. މި މަސައްކަތް އެޕަލް އިން ފަށާފައި ވަނީ 1000 މުވައްޒަފުންނާ އެކުގައެވެ. އެހެންނަމަވެސް އެކި ކަންތައްތައް ދިމާވެ، އެޕަލްއިން އިލެކްޓްރިކް ކާރެއް އުފެއްދުމަށް ދެކެމުން އައި ހުވަފެން ކޮޅެއްގައި ނުޖެހި ގިނަ ދުވަސްތައް ފާއިތުވެގެން ދިޔައެވެ. 

އެހެން ނަމަވެސް މިފަހަރު މި މަސައްކަތް އެޕަލްއިން ފަށާފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިންޖިނިއަރުންނާ މަޝްވަރާ ކުރުމަށް ފަހުގައެވެ. ބޭރުގެ ޚަބަރުތަކުން ބުނާގޮތުގައި ކުރިޔަށްއޮތް 6-7 ވަރަކަށް އަހަރުގެ ތެރޭގައި އެޕަލް އިން އުފައްދާ މި އިލެކްޓްރިކް ކާރު ނިމިގެން ދާނެއެވެ.

އެޕަލް އެނެލިސްޓު “މިންގް ޗީކުއޯ” މައުލޫމާތުދޭ ގޮތުގައި މި އިލެކްޓްރިކް ކާރު ވެގެންދާނީ އެޕަލްގެ “ސްޓަރ ޕްރޮޖެކްޓް” ކަމަށެވެ. އެހެން ނަމަވެސް، މިއަށް ވުރެ ބޮޑަށް އެޕަލް ޝައުގުވެރިވާ އެހެން ކަމެއް އޮވެއެވެ. އެއީ "ސްކޭލަބްލް އިލެކްޓްރިކް ވެހިކަލް ޕްލެޓްފޯމް – ސްކޭޓްބޯޑް" އުފެއްދުމެވެ.

ބޭރުގެ ޚަބަރުތަކުން ބުނާ ގޮތުގައި އެޕަލްއިން ދަނީ "ކަނޫ" ނަމަކަށް ކިޔާ ކުންފުންޏަކާ ވާހަކަ ދައްކަމުންނެވެ. ކަނޫ އަކީ ގިނަ ކާރުތައް ޑިޒައިން ކުރާ، އަދި އުފައްދާ ކުންފުންޏެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!