މަރާ ހަނގުރާމަ ކުރަމުން ދިޔަ އާސިމްގެ އާދޭސް:“އަހަރެންގެ ފަރުވާ އަވަސްކޮށްދީ، އަހަރެން މަރުވެދާނެ”
މީގެ 12 ދުވަސް ކުރިން އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ވެއްޓި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ޒަހަމްވި އަބްދުﷲ އާސިމް މި ދުނިޔެއާ އަލްވަދާއު ކީ ހަބަރަކީ މުޅި ރާއްޖެއަށް ވެސް ފުން ހިތާމައެއް ގެނުވި ހަބަރެކެވެ. އާސިމް އަކީ އޭނާގެ އާއިލާގެ ހުރިހާ ޒިންމާއަކާ ހަވާލުވެ ހުރި އާއިލާގެ "ބައްޕަ"އެވެ. އަބަދުވެސް އާއިލާ އާއި ލޯބިވާ މަންމަ އުފަލުގައި ބެހެއްޓުމަށްޓަކައި މަސައްކަތް ކުރި ހެޔޮލަފާ ދަރިއެކެވެ.
ހޮސްޕިޓަލުގައި އޮތް އިރު އެންމެ ފަހުވަގުތާ ޖެހެންދެން ވެސް އާސިމް އުއްމީދު ކަނޑާނުލައި ކަމަށާއި އަބަދުވެސް އާދޭސް ކުރަމުން ދިޔައީ ފަރުވާ އަވަސް ކޮށްދިނުމަށް ކަމުގައި އާސިމްގެ ބޮޑުދައިތަ ޝަހީމާ "ދެން"އާ ވާހަކަ ދައްކަމުން ބުންޏެވެ.
"ދައްތާއޭ ތިމަންނައަށް އަބަދުވެސް ހެޔޮދުއާ ކޮށްދެއްޗޭ، އޮޕަރޭޝަނަށް ގެންދަނީއޭ، އިރާދަކުރެއްވިއްޔާ ރަނގަޅުވާނޭ" އާސިމް އޭނާގެ ގާތުގައި ބުނި ފަހު ބަސް އާސިމްގެ ބޮޑުދައިތަ ޝަހީމާ ގިސްލެވެމުން ދިޔަ ހާލު "ދެން"އާ ހިއްސާ ކުރިއެވެ.
މީގެ އިތުރުން ޝަހީމާ ބުނީ އާސިމްގެ ކޭހަކީ އެމަރޖެންސީ ކޭހެއްގެ ގޮތުގައި ބަލައި ސާރޖިކަލް ވޯޑަކަށް ބަދަލުކޮށްދިނުމަށް އެދި އާއިލާއިން ކެނޑިނޭޅި އާދޭސް ކުރަމުން ދިޔަކަމަށެވެ. އެހެން ނަމަވެސް ހޮސްޕިޓަލުގެ ފަރާތުން އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށާއި އޭނާ ބަލަމުން ގެންދިޔައީ އާދައިގެ ބަލިމީހަކު ބަލާ އުސޫލުން، ޖެނެރަލް ވޯޑެއްގައި ކަމުގައި ވެސް ޝަހީމާ ކިޔައިދިނެވެ.
"ޑޮކްޓަރުން ބެލީ އޭނާ އާދައިގެ ބަލިމީހުން ބަލާ އުސޫލުން، އޭނާ އެހާލުގައި ފަސް ދުވަސް ވެގެން ދިޔައިރު ވެސް ހަމައެކަނި ތަދުކަނޑާ އިންޖެކްޝަނަކާ އައިވީ ފުޅި ގުޅުން ފިޔަވާ ޑޮކްޓަރުންގެ އިތުރު އެއްވެސް ފަރުވާއެއް އެ ދަރިއަކަށް ނެތް"
ޝަހީމާ
މީގެ އިތުރުން ޝަހީމާ ބުނީ، އާސިމް ވަރަށް ރޮމުން އޭނާގެ ބައްޕައާ އެއްބަނޑު ދެމީހެއްގެ ގާތުގައި ވަރަށް އާދޭހާއެކު އަވަސް ފަރުވާއެއް ލިބޭނެ ގޮތެއް ހަމަޖެއްސުމަށާއި، އައިޖީއެމްއެޗުން އަވަސް ފަރުވާއެއް ނުދެވޭ ނަމަ އޭޑީކޭއަށް ނުވަތަ ޓްރީޓޮޕަށް ބަދަލު ކޮށްދިނުމަށް އެދުނު ކަމަށެވެ. އަދި އާސިމްގެ ގާތަށް ޝަހީމާ ދިއުމުން އޭނާގެ ބައްޕަ ފަރާތު ބޮޑުބޭބެއާ ބައްދަލު ކޮށްދިނުމަށް އެދުމުން އޭނާއާ ބޮޑުބޭބެއާ ބައްދަލު ކޮށްދިން ކަމަށާއި އާސިމް ބޮޑުބޭބެގެ އަތުގައި ހިފާ އާދޭސް ކުރަމުން ގެންދިޔައީ ފަރުވާ އަވަސް ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ކަމަށެވެ.
"ބޮޑުބޭ އޭ ތިމަންނަގެ ފަރުވާ އަވަސް ކޮށްދޭށޭ، ތިމަންނަ މަރުވެދާނޭ."
ޝަހީމާ
އާސިމް ބޮޑުބޭބެ ގާތުގައި އާދޭސް ކުރުމަށްފަހު ދެން ޝަހީމާގެ ގާތުގައި އެދުނީ އޭނާގެ ބައްޕަ ފަރާތުގައި ދެން ހުރި ބޭބެ ގެނެސްދިނުމަށް ކަމަށެވެ. އަދި އެކަން ވެސް އޭނާ ކޮށްދިން ކަމަށާއި އެ ބޭބެ ގާތުގައި ވެސް އާސިމް އާދޭސް ކުރީ ފަރުވާ އަވަސް ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ކަމަށާއި ނޫންނަަމަ ތިމަންނާ މަރުވެދާނޭ ކަމުގައި ރޮމުން ބުނި ކަމަށް ޝަހީމާ ކިޔައިދިނެވެ. އަދި އައިޖީއެމްއެޗުން ފަރުވާ އަވަސް ނުވާ ނަމަ، ފަރުވާ އަވަސްވާނެ އެހެން ތަނަކަށް ބަދަލު ކޮށްދިނުމަށް ވެސް އާސިމް ރޮއެ އާދޭސް ކުރަމުން ގެންދިޔަ ކަމުގައި ވެސް ޝަހީމާ އަސަރާއެކު ކިޔައިދިނެވެ.
އާސިމްގެ މަރަކީ އައިޖީއެމްއެޗްގެ އިހްމާލެއް ވެސް އޭގައިވާ މަރެއްގެ ގޮތުގައި ޝަހީމާ ސިފަކުރިއެވެ. އެގޮތުން އާސިމް އޮޕަރޭޝަނަށް ވެއްދުމުގެ ކުރިން ކުރަން އުޅޭ އޮޕަރޭޝަނަކީ މާ ސީރިއަސް އޮޮޕަރޭޝަނެއް ނޫން ކަމަށް ބުނި ކަމުގައި ވެސް ޝަހީމާ ކިޔައިދިނެވެ.
"އަސްލު އާސިމްގެ އޮޕަރޭޝަނުގައި ދައްތަމެންނަށް ފޮރުވިފައިހުރި އެތައް ކަމެއް ޑޮކްޓަރުންގެ ވާހަކަތަކުން ވެސް (އެނގޭ) ހަގީގަތުގައި އެމީހުން ވާހަކަ ދެެއްކި ގޮތަކަށް ނޫން އޮޕަރޭޝަން ދިޔައީކީ."
މީގެ އިތުރުން، ޝަހީމާ ބުނީ އޮޕަރޭޝަނަށްފަހު އާސިމް ހޭއެރިކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އެމަންޒަރު އޭނާއަށް އަދި އާއިލާގެ މީހަކަށް ވެސް ފެނިފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޑޮކްޓަރުުން ބުނީ އާސިމް ވެންޓިލޭޓަރުގައި އޮތުމުގެ ސަބަބުން ހޭނޭރުވުމަށް ނިދާ އިންޖެކްޝަން ޖަހާފައި އައިސީޔޫއަށް ބަދަލު ކުރި ކަމަށެވެ. ނަމަވެސް އާސިމް އައިސީޔޫއަށް ބަދަލު ކުރިކަން ވެސް އާއިލާގެ އެއްވެސް މީހަކަށް އަންގާފައި ނުވާ ކަމުގައި ޝަހީމާ ފާހަގަ ކުރިއެވެ.
އާސިމް އޮޕަރޭޝަނަށް ވެއްދީންސުރެ، އެރޭ ދަންވަރު ތިނެއް ޖަހަންދެން އާއިލާގެ މީހުން މަޑުކޮށްގެން ތިބި ކަމަށާއި މާ ލަސްވާތީ ދޮރުގައި ތަޅާ އާސިމްގެ ހާލު ބެލުމަށް މަސައްކަތް ކުރި ކަމަށް ވެސް އާސިމްގެ ބޮޑުދައިތަ ކިޔައިދިނެވެ. އާސިމް އައިސީޔޫއަށް ބަދަލުކުރި ކަން ވެސް އާއިލާއަށް އެނގުނީ އެހިސާބުންނެވެ. އޭގެ ކުރިން އާއިލާގެ މީހަކަށް އެކަން އަންގާފައެއް ނުވެއެވެ.
"އެމީހުން ފުރަތަމަ އޮޕަރޭޝަންގައި ބުނެފައި އޮންނަނީ އޭނާގެ ގޮހޮރުން ލޭ ލީކުވާތީ އެތަންކޮޅު ކަނޑާ ނަގައިގެން ހަދާލާ ކުޑަކުޑަ ޖޮއިންޓެއް ކަމަށް، އެއްވެސް ސީރިއަސް އޮޕަރޭޝަނެއް ނޫންކަމަށް ކުރެވިގެން މިދަނީ."
ޝަހީމާ
ހޮސްޕިޓަލުގެ ފަރާތުން އޮޕަރޭޝަނާ ގުޅިގެން މި މޭރުމުން ވާހަކަ ދެއްކި ނަމަވެސް، ހަތަރު ގަޑިއިރު ވެގެން ދިޔައިރު އާސިމްގެ އޮޕަރޭޝަނާ ބެހޭ އެއްވެސް މައުލޫމާތެއް އެެއްވެސް މައުލޫމާތެއް އާއިލާއަށް ދީފައި ނުވާ ކަމުގައި ޝަހީމާ ބުންޏެވެ. އަދި އޮޕަރޭޝަނަށްފަހު އޭނާ ހޭނާރާ ކަމަށާއި ނަމަވެސް އާއިލާގެ ތިން މީހަކަށް އެތެރެއަށް ވަދެވޭނެ ކަމުގައި ހޮސްޕިޓަލުން ބުނި ކަމުގައި ވެސް ޝަހީމާ ކިޔައިދިނެވެ.
ހޮސްޕިޓަލުން މިހެން ބުނެފައި އޮތް ނަމަވެސް އާއިލާގެ ތިން މީހުން އެތެރެއަށް ވަނުމުން އާސިމް ދެއްކޭކަށް ނެތް ކަމަށް ބުނެ އާއިލާއަށް ހޮސްޕިޓަލުން ދިނީ މާ ހިތާމަވެރި ހަބަރެކެވެ. އެގޮތުން، އާސިމްގެ ކުޑަ ގޮހޮރު އެއްކޮށް މަރުވުމާ ގުޅިގެން ކުޑަގޮހޮރު އެއްކޮށް ނަގާފައިވާ ކަމަށް ޑޮކްޓަރު ބުނި ކަމަށް ޝަހީމާ ކިޔައިދިނެވެ. އެ ހަބަރާއެކު އާއިލާއަށް ލިބުނު ކުއްލި ސިހުން އިތުރު ކުރުވީ ޑޮކްޓަރު ދިން އެހެން ހަބަރަކާއެކުއެެވެ. އެގޮތުން އާސިމްގެ ބޮޑު ގޮހޮރުގެ ވެސް އެއްބައި މަރުވެފައި އޮތުމުން އެ ގޮހޮރުގެ ވެސް އެއްބައި ކަނޑާ ނަގާފައިވާ ކަމަށާއި އެއެއްޗެހި އެޅުމަށް ބޮޑު ފުޅިއެއް ގެނައުމަށް އެދުނު ކަމުގައި ގިސްލެވެމުން ދިޔަ ހާލު ޝަހީމާ ކިޔައިދިނެވެ. އެހެން ނަމަވެސް އެއީ ކުރިން ޑޮކްޓަރުން ދެއްކި ވާހަކަތަކާ ހިލާފަށް ހިނގި ކަންތަައްތަކެއް ކަމުގައި ޝަހީމާ ތުހުމަތު ކުރިއެވެ.
އާސިމްގެ މަރުގައި އައިޖީއެމްއެޗްގެ ވަރަށް ބޮޑު އިހުމާލެއްވާ ކަމަށާއި އާސިމް އެހާލުގައި އޮއްވާ ހަތަރު ދުވަސް ވަންދެން ޖެނެރަލް ވޯޑެއްގައި ބޭއްވުމަކީ އައިޖީއެމްއެޗުން ހެދި ވަަރަށް ބޮޑު ގޯހެއް ކަމުގައި އޭނާ ގަބޫލު ކުރާ ކަމަށް ޝަހީމާ ބުންޏެވެ. އަދި އާސިމް އެހާ ހާލުދެރަވެގެން ދިޔައީ އެކަމުގެ ސަބަބުން ކަމުގައި ވެސް ޝަހީމާ ފާހަގަ ކުރެއެވެ.
ބައެއްގެ އިހުމާލުން ކަމުގައި ވިޔަސް، ނުވިޔަސް އިއްޔެގެ ވަގުތެއްގައި ދުނިޔެއާ އަލްވަދާއު އެކީ އެތައް ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ ޒުވާނެއް ކަން ޔަގީނެވެ. އޭނާގެ ލޯބިވާ އަނބިމީހާ އޭނާގެ ހަނދާން އަބަދުވެސް އައު ކުރާނެ ކަން ޔަގީނެވެ. އަދި މިއަދު އެފަކީރު ބަރުދާސްތު ކުރަމުންދާ ހިތާމައަކީ އަޅުގަނޑުމެން އެކަކަށް ވެސް އިހްސާސްކޮށް ނުލެވޭނެ ފަދަ ކަމެއް ކަން ޔަގީނެެވެ. އޭނާގެ އާއިލާގެ ކުދިން ލޯބިވާ ދޮންބެގެ ސަކަރާތްތަކާއި، އެކުގައި ހޭދަކުރި ދުވަސްތައް ހަނދާންވެ އަބަދުވެސް ކަރުނައަޅައި ރޯނެ ކަން ގައިމެވެ. ބަސްއަހާ ކިޔަމަންތެރި ދަރިއަކު ކުއްލިގޮތަކަށް ވަކިވެގެން ދިއުމުން އޭނާގެ މަންމަ އެހިތާމަ މުޅި އުމުރަށް ކުރާނެ ކަން ކަށަވަރެވެ.
25 ބުރި އަޅައިގެން ވީކަމެއް ނެތެއްނު…. އައިޖީއެމްއެޗް ހަމަ އައިޖީއެމްއެޗް ގެ ގޮތުގަ… 2 ލައްކަ ކޮވިޑް ޓެސްޓު ހެދުނީމަ އެވީއެއް ނޫނެއްނު….
މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި!
މުއްސަންޖެއް ނޫން ވީމަ ފުރާނައިގެ އަގެއް މިރަހުމުކުޑަ ދުނިޔޭގަ ނޯންނަނީ. ތިވެސް ބޮޑުންގެ ގުޅުން އޮތް މީހެއް ނަމަވެސް ފުރާނަ ސަލާމަތް ކުޜީސް
އާސިމްގެ ފުރާނަ އަށް ސާބިތުކަން ދެއްވާށި.އާމީން.
ހަމަ ދެރަ ނިކަމެއްޗަކަށް ވީމަތަ. ވަރަށް ދެރަވެއްޖެ � މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި!
ދޮގ ހެދިޔަސ މ ބޮޑުވަރ އެއްފަރާރާތެއްގ ހަބަރ އެކަނ މިއޮތ ގެނެސްދީފ ތެދުވެރިނގ އަބުރުކަތިނުލ.
ފުންއަސަރެއްކޮށްފި މިދުނިޔޭގައި ނިކަމެއްޗަކަށް ޖާގަެއެއް ނެތް.ހާދަހާ ދެރައޭ.
އަހަރެން ތިކަމާ ބުނަން އޮތް އެތި ބޮޑުކަމުގައި ވިޔަސް މާ ބޮޑު އެއްޗެއް ބުނަާކަށް ނެތީމެވެ، ތި އާއިލާގެ މީހުން އަމިއްލައަށް ވަރަށް އެނގިގެން އުޅުންތަން އަހަރެން ދުށީމެވެ. 100 ފަހަރު އެކައްޗެއް ކިޔާދޭން ޖެހުންތަން ވެސް ލޮލުން ދުށީމެވެ. އެއްފަރާތެއްގެ ވާހަކަ އޮތީމަ ރައްޔިތުންނަށް އަވަދުވެސް އެނގެނީ ވާހަކައިގެ އެއް ފަރާތެވެ.
ސަމްތިން ފިޝީ …. މމމމމ އާޔޫ ފުރޮމް ހޮސްފިތަލްތަ
ޥެދާނެ ތިހެން ވެސް
ކޮންމެ އެއްޗެކޭކިޔަސް އައިޖީއެމްއެޗް މިހާރް ވަރަށް ސަކަރާތް ވަރަށް ފަހުން ވަނީ އަހަރެންގެ އާއިލާ މީހަކުވެސް އައިޖީއެމްއެޗް ގެ އިހްމާލުން ދުނިޔެދޫކޮއްފަ އައިޖީއެމްއެޗްގެ ތިޔަފަދަ އިހްމާލުތަކުން ކިތައް އާއިލާ ބިކަވަނީ
އެމްޑީޕީ އަކީ ޙައްގު ހޯދައިދިނުމުގެ ނަމުގައި އެންމެ ފުންނާބުއުސްކަމަށް ދަޢުވާކުރާ މީހުންނެވެ. މި ހާދިޘާ ގަ އިހުމާލުވިފަރާތާމެދު ފިޔަވަޅު އަޅަން ގޮވާލާނެ އިމްތިޔާޒު ފަހުމީއެއް ނެތެވެ. އީވާ ޢަބްދުﷲ އެއް ނެތެވެ. އަދުން ހުސޭނެއް ނެތެވެ. ހަސަން ލަޠީފެއްވެސް ނެތެވެ.
އެއީ އިންސާނުން ގަސްތުގަމަރާ ހޮސްޕިޓާ
ތި ހޮސްޕިޓަލްގެ އިހްމާލުން އަހަރެންގެ ދައްތަވެސް މި ދުނިޔެ ދޫކޮށް ދިޔައީ. 75 ޕަސެންޓް ބާން ކޭސްއެއް އިންޑިޔާގެ އާނަންތަޕޫރީ ހޮސްޕިޓަލް އިން ފާރުތައް ވަރައް ބޮޑަށް ރަގަޅު ކޮށްދީފަ ދޮޅުމަސް ވަންދެން ހާއްސަ ފަރުވާ ދިނުމަށް ފަހު އައިޖީއެމް އެޗަށް ބަދަލު ކުރީ ފަރުވާ ދެވޭނެ ކަމަށް އައިޖީއެމް އެޗް ހޮސްޕިޓަލް އިން ޔަޤީންކަން ދިނުމުން ދޭންވީ ފަރުވާ އާއި އެކު އެކޮޅުން ޙާއްސަ ކޮށް ލޭ ކްލޮޓް ވެދާނެތީ ޤަވާއިދުން ދެމުންދިޔަ އިންޖެކްޝަން ވެސް ދީފަ. އައިޖީއެމް އެޗްއަށް ބަދަލު ކުރިތާ ބަރާބަރު 15 ދުވަސް ވީ އިރު ދައްތަ އަކަށް ރަގަޅަށް ވާހަކަވެސް ނުދެއްކޭ. 2 ދުވަހުން އެއްދުވަހު ހޭނައްތަމުން ދިޔައީ ބެންޑޭޖް ބަދަލު ކުރުމަށް ކަމަށް ބުނެ. އިންޑިޔާ އިން ދިން ބޭސް ބޭނުން ނުކުރިތާގަ ދީފަ ފޮނުވި އިޖންޖެކްޝަން ތައްވެސް ބޭނުން ނުކުރި ދޭންވީ ފަރުވާ އިނގޭނީ އައިޖީ އެމްއެޗްގެ ޑޮކްޓަރުންނަށް ބުނެ. އެތައް ކަމެއް ސިއްރު ކުރި. އެންމެ ފަހުން އެމީހުންނަށް ނުހިފެހެއްޓޭނެ ކަން އެމީހުންނަށް ޔަޤީން ވުމުން އިންޑިޔާއަށް އާޖެންޓް ކޮށް ފުރުވާލީ އިންޑިއާއިން ގެނައިތާ 20 ދުވަސްވެސް ނުވަނީސް. އޭރު މާބޮޑަށްވެސް ލަސްވެއްޖެ. ކަން ކަން ސިއްރު ނުކޮށް އިންޑިޔާ އިން އެންގި ގޮތައް ފަރުވާ ކުރަމުން ދިޔަ ނަމަ ވަގުތު އޮތްވާ ސަލާމަތް ކުރެވުނީސް.
އިންޑިޔާއަށް ގެންދިޔަތާ ދެވަނައަތް ވީދުވަހު ސްޕައިނަލް ކޯޑަށް ސްޓްރޯކެއް ޖެހި ކޯމާ އަށް ދިޔަ. ފަކީރު ދުނިޔެ ދޫކޮށް ދިޔައީ ކޯމާގަ އޮތްވާ. ﷲ ގެ ކުޅަދުން ވަންތަ ފަހު ފަހަރަށް ލޯބިވާ މީހުން ދެކިލުމަށް އެންމެ ދުވަހަކު ކޯމާގަ އޮތްވާ ގޮވާލުމުން ލޯ ހުޅުވާ ބަލާލި. ވާހަކަ ނުދެއްކުނަށް ލޮލުން ކަރުނަ ފޭބި. ކުޑަ އުމްމީދަކާ އެކު އިންޑިޔާގެ ހޮސްޕިޓަލް އިން އޮޕަރޭޝަން އަށް ވަގުތުން ރެޑީ ކުރި. ނަމަވެސް ލޯ މަރާލި ގޮތަށް އެ ދައްތަ ދެވަނަ ފަހަރަށް ލޮލެއް ނުހުޅުވި.
އެނގިގެން އުޅޭ މީހުން އުޅެނީ އައިޖީއެމް އެޗްގަ.
ހީވާ ކަހަލަ މާ ބޮޑު ބާރެއް ލިބުނީއޭ.
ނޭނގޭ ކަމީ ސުވާލު ކުރެވޭނެ ދުވަހެއް އޮތްކަން.
އެމީހުންގެ ފަރުވާ ކުޑަކަމުން މި ދުނިޔެ ދޫކޮށް ދިޔައީ ކިތައް ކިތައް ފުރާނަތޯ؟