ބޮލީވުޑް

ދީޕިކާއަށް އެންމެ ކަމުދާ ޓީވީ ޝޯ އަކީ މިއީ!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދީޕިކާ ޕަދޫކޯން އަކީ ބޮލީވުޑުގެ އެންމެ ކުރީގައި ގުނާލެވޭ އަދި އެންމެ ފޭން ބޭސް ބޮޑު އެކްޓްރެސްއެވެ. ދީޕިކާގެ ކޮންމެ ކަމަކަށް ފޭނުން ތިބެނީ ކެތްމަދުވެފައި ބަލާހިތުންނެވެ.

Ads by STELCO

2020 ވަނަ އަހަރު ދީޕިކާ މީސް މީޑިއާއިން ފޭނުންނާ އޮންނަ ގުޅުން ދުރުވި ނަމަވެސް އައު ފެށުމަކުން ފަށައި ދީޕިކާ އަންނަނީ މީސްމީޑިއާގައި ވަރަށް އެކްޓިވް ވަމުންނެވެ. އެގޮތުން ފޭނުންނަށް އޭނާގެ ކަންކަން ހިއްސާކުރުމަކީ މިހާރު ދީޕިކާ އާންމުކޮށް ކޮށް އުޅޭ ކަމެކެވެ.

އެގޮތުން ދީޕިކާ ވަނީ އޭނާ ބޮޑުވަމުން އައިރު އެންމެ ގިނައިން ބަލާއުޅުނު ޓީވީ ޝޯ އަކީ ކޮބައިކަން ފޭނުންނާ ހިއްސާކޮށްފައެވެ.

ދީޕިކާ ބުނި ގޮތުގައި އޭނާ އަބަދުވެސް އެންމެ ބަލާ ހިތްވާ ޓީވީ ޝޯ އަކީ "ސްމޯލް ވޮންޑާ" އެވެ. އޭނާ ކޮންމެ ދުވަހަކު ސުކޫލުން އައުމަށްފަހު ރައްޓެހިންނާއެކު މި ޝޯ ބަލާ ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

މީގެ ކުރިން ދީޕިކާ ވަނީ މި އަހަރު އުޅޭނީ ފިލްމުތަކުގައި ވަރަށް ބުރަކޮށް ކަމުގައި ބުނެފައެވެ. ދީޕިކާ ބުނި ގޮތުގައި އޭނާއަށް މިހާރު ވެސް ބައިވަރު ފިލްމުތަކުގެ މަސައްކަތް ލިބިފައިވެއެވެ. އެގޮތުން ޝާހްރުކް ޚާން އާއެކު ކުޅޭ "ޕަތަން" ގެ ޝޫޓިންގ މިހާރު ނިމިފައިވާ ކަމަށާއި، މިއަހަރުގެ ކުރީ ކޮޅު ނަގް އަޝްވިންގެ ފިލްމެއްގެ މަސައްކަތް ފަށާއިރު، މިވަގުތު ދީޕިކާ ކުޅެނީ ޝަކުންގެ ފިލްމެއް ކަމަށް ވެސް ބުންޏެވެ. އަދި މިއަހަރަށް މިނޫން ވެސް އެތައް ޕްރޮޖެކްޓެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެފިލްމުތަކުގެ ވާހަކަ މިވަގުތު ބުނެވެން ނެތް ކަމަށް ދީޕިކާ ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!