ޚަބަރު

ކޮވިޑް-19: ކޮޅުފުށިން މާލެ އައި މީހަކު ބައްޔަށް ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މ. ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Hajj Corporation

އެނގިފައިވާ ގޮތުގައި އެމީހާއަކީ މި މަހުގެ 19 ވަނަ ދުވަހު މާލެ ދިޔަ މީހެކެވެ.

އެރަށުން މާލެ ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ މިއަދު މެންދުރު ފަހު ކަމަށް އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް ރައީސް ހުސައިން ޝާމިލް ވިދާޅުވިއެވެ.

ކޮޅުފުށިން ފައްސި ވެފައިވަނީ އަންހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެ އަންހެން މީހާއަކީ މާލެ އިން އެރަށަށް ގޮސް ކަރަންޓީން ވުމަށް ފަހު، ޓެސްޓު ނަތީޖާ ނައްސިވެގެން ރަށުގައި 20 ވަރަކަށް ދުވަހު ވަންދެން އުޅެފައި އެނބުރި މާލެ ދިޔަ މީހެއް ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

ކޮޅުފުށިން އަންހެނަކު ފައްސި ވުމާ ގުޅިގެން އެރަށް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!