ޚަބަރު

ޖެނުއަރީ 12 އިން 24 އަށް ކޮޅުފުއްޓަށް ދިޔަ މީހުން ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖެނުއަރީ 12 އިން 24 އަށް ކޮޅުފުއްޓަށް ދިޔަ މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

މި މީހުން ހޯދަން ފަށާފައި ވަނީ މ. އަތޮޅުން ކޮޅުފުށިން ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާތީއެވެ. އެރަށު ސިއްހީ މަރުކަޒުން ބުނީ، މި ދުވަސްވަރު އެރަަށަށް ޒިޔާރަތް ކޮށްފައިވާ ފަރާތެއް ވާނަމަ އަަވަހަށް އެ ސިއްހީ މަރުކަޒުގެ އެމާޖެންސީ ނަމްބަރު 9423099 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެެދޭ ކަމަށެވެ.

މ. ކޮޅުފުށިން މިހާތަނަށް 9 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. ފައްސި ވެފައިވާ މީހުންގެ ތެރޭގައި އެއް އަހަރުގެ ތުއްތު ކުއްޖަކާއި އުމުރުން ދުވަސްވީ ހައިރިސްކު ދެ މީހަކު ހިމެނެއެވެ.

މިހާރު ރާއްޖެއިން ޖުމްލަ 15،102 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު، 13،884 މީހުން ބަލިން ރަނގަޅު ވެފައިވެއެވެ. އަދި 51 މީހަކު ވަނީ ރާއްޖެއިން މިބަލީގައި ނިޔާވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!