ކޮވިޑް-19: ފަގީރުންނަށް ޖަހާ ވެކްސިން ޖަހަން މިލިއަނަރަކު އެތައް މޭލަކަށް ދަތުރުކޮށްފި
މާލީ ގޮތުން ދަތި ފަރާތްތަކަށް ދޭ ކޮވިޑް-19 ވެކްސިން ޖެހުމަށް މަސައްކަތް ކުރި ކެނެޑާގެ މުއްސަނދި ދެމަފިރިއަކު ޖޫރިމަނާ ކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ފަގީރު ހާލުގައި ދިރިއުޅޭ މީހުނަށް ދޭ މި ވެކްސިން ޖެހުމަށް މި ދެމަފިރިން 1000 މޭލުގެ ދަތުރެއް ކޮށްފައި ވެއެވެ. ރޮޑްނޭ އަދި އެކަތެރީނާ ނަމަކަށް ކިޔާ މި ދެމަފިރިން އެ ދަތުރު ކޮށްފައިވަނީ އެ މީހުންގެ އަމިއްލަ ޕްރައިވެޓް ފްލައިޓެއްގައެވެ.
މި ދެމަފިރިން ދަތުރު ކޮށްފައި ވަނީ ބީވާ ކްރީކް ނަމަކަށް ކިޔާ ސަރަހައްދެކެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ހިސާބެކެވެ. އެ ހިސާބުން އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް ނިންމާފައި ވަނީ ވެސް އުމުރުން ދުވަސްވީ މީހުންނަށެވެ.
ބީވް ކްރީކްގައި ދިރިއުޅޭ ފަރާތްތަކަށް މޮޑާނާ ވެކްސިން ދީފައިވާއިރު، މިދެމަފިރިން ވެސް ވަނީ ވެކްސިން ޖަހާފައި ކަން ފާހަގަ ކޮށްލެވެއެވެ.
ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މި މައްސަލަ އައިސްފައި ވަނީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
މި މައްސަލަ ފެންމަތިވިއިރު ރޮޑްނޭ އަކީ ކެނެޑާގެ ގޭމިން އެސޯސިއޭޝަންގެ ރައީސް އެވެ. ނަމަވެސް މި މައްސަލަ ފެންމަތިވުމާއެކު އޭނާވަނީ މަގާމުން ދުރު ކޮށްފައެވެ. ރިޕޯޓުތައް ބަލާގޮތުގައި 2019 ވަނަ އަހަރު ވެސް އޭނާގެ މާލިއްޔާތުގައި 10 މިލިއަން އެމެރިކާ ޑޮލަރު ހުއްޓެވެ.