އޭލިއަނަކާ ވައްތަރުވާން މި މީހާ ކުރި ކަންތައް އެނގިއްޖެނަމަ އާޝޯހު ވާނެ!

މިއީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ އެންތޮނީ ލޮފްރެޑޯގެ ވާހަކަ އެވެ.
އެންތޮނީ އަކީ އޭލިއަނަކާ ވައްތަރުވުމަށް ހަށިގަނޑުގެ ގުނަވަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނައި މީހެކެވެ. އެގޮތުން އޭނާ މި ބަދަލުތައް ގެނައުމަށް ޓަކައި ސާޖަރީ ތަކާއި އެހެނިހެން ކަންކަން ކުރީ ސްޕެއިން ގައެވެ.ސަބަބަކީ މިފަދަ ކަންކަން ކުރުމަކީ ފްރާންސްގައި މަނާ ކޮށްފައިވަނީ ކަމަކަށް ވާތީއެވެ.
އެންތޮނީ ވަނީ ލޯ ވެސް ހިމެނޭ ގޮތަށް މުޅި ގައިގައި ޓެޓޫ ޖެހުމަށްފަ ހު ދޫ ވެސް މެދުން ބުރިކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ މަތީ ތުންފަތާއި ނޭފަތުން ވެސް ބައެއް ބުރި ކޮށްފައެވެ. އިންސްޓަގްރާމްގައި ދި ބްލެކް އޭލިއަން ޕްރޮޖެކްޓް ގެ ނަމުގައި ހިންގަމުންދާ އޭނާގެ ޕޭޖަށް 283,000 އަށްވުރެ ގިނަ މީހުން ފޮލޯ ކުރާއިރު މި ޕޭޖްގައި އެންތޮނީ ތަފާތު ވީޑިއޯތައް ވެސް ހިއްސާ ކުރެއެވެ.
ފަހުގެ ވީޑިއޯ ތަކުގައި އޭނާއަށް ވާހަކަ ދެއްކުމުގައި ދަތި ތަކެއް ހުރިކަން ފާހަގަ ކުރެވުނު ނަމަވެސް އޭނާ އެކަމާ މާބޮޑަށް ކަންބޮޑުވާހެނެއް ހިއެއް ނުވެއެވެ. އަދި އޭލިއަނަކާ ވައްތަރުވުމަަށް ހަށިގަނޑަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުން ވެސް ހުއްޓާލަން އޭނާގެ ވިސްނުމެއް ނެތެވެ. އެންތޮނީ ބުނީ ދެން ބޭނުން ވަނީ ހަންގަނޑުގެ ބަދަލުގައި ދަގަނޑު ހަރުކުރަން ކަމަށެވެ. އަދި އެއީ އޭނާ ވަރަށް ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ވެސް އެންތޮނީ ބުނެއެވެ.