މުނިފޫހިފިލުވުން

އެހެނަސް: "މިއީ ރިޝްމީ ކުޅެން ދެން ކޯޗެއްހޭ" މީހަކަށް ނުބުނެވޭވަރު ކުރިން- އައިކިޔު

ދެން އެމްވީ ، ދެން އޮންލައިން

ގިނަ ބެލުންތެރިންނަށް ކަމުދިޔަ ކާމިޔާބު ވެބްސީރީޒް ކަމަށްވާ "އެހެނަސް" ސީޒަން 2 ފެށެން ބާކީ މިހާރު އޮތީ އެންމެ ދެ ދުވަހެވެ.

Ads by STELCO

"އައިކިޔު" ޕްރޮޑަކްޝަންސް އާއި "އާރް ޓޫ ޒީ" އަދި "އާރް ސްކްޔާޑް" ގުޅިގެން އުފައްދާފައިވާ މިސީރީޒަކީ "އެހެނަސް ހަމަ ލޯބިވެޔޭ" ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބައިސްކޯފުގެ އޮރިޖިނަލެކެވެ. "އެހެނަސް" ސީޒަން 1 މިދިޔަ އަހަރު ނިންމާލާފައިވާއިރު، ސީޒަން 2 އަށް ބެލުންތެރިން އައީ ފޮނި އުންމީދުތަކެއް ދެކެމުންނެވެ.

"އެހެނަސް" ސީޒަން 2 އާއި ބެހޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން މިސީރީޒްގެ ޕްރޮޑިއުސަރ އަދި ސްކްރިޕްޓްރައިޓާރ އަހުމަދު އިޤްބާލް (އައިކިޔު) ބުނީ ސީޒަން އެކަކަށް ލިބުނު ތަރުހީބަށްވުރެ ހޫނު ތަރުހީބެއް މިސީޒަނަށް ލިބޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.

"ވާހަކަކީ މީހުންނަށް މިސީޒަން މުޅިން އާ އެއްޗަކަށްވާނެ. ސީޒަން 2 ގެ ހުރިހާ އެޕިސޯޑަކަށް ބަލަންޔާވެސް، 80% އަކީ މުޅިން އާ ކޮންޓެންޓު. އެބައިތައް ނުހިމެނޭނެ ވާހަކައިގައެއް. ވާހަކައިގައި ނޫޅޭ ތިން ކެރެކްޓާރ މިސީޒަންގައި ފެނިގެންދާނެ. އެތިން މީހުންގެ ކެރެކްޓާވެސް ގުޅުވާލާފަ އިނީމަ ސީޒަން 2 ވާހަކަ ފޮތާއި ވަރަށް ތަފާތުވާނެ" އައިކިޔު ބުންޏެވެ.

މިއީ "އެހެނަސް" ސީރީޒްގެ ބެލުންތެރިންނަށް އުފާވެރި ޚަބަރެކެވެ. މީގެއިތުރުން ބެލުންތެރިން އެންމެ އެނގެން ބޭނުންވަނީ ސީޒަން 1 ނިމުނުއިރު "ނިޔާ" ގެ އަނބިމީހާގެ ރޯލުން ފެނިގެންދިޔަ "ޝާއިރާ" (ރިޝްމީ) އާއި ބެހޭގޮތުންނެވެ. އެއީ ވަރަށް ބޮޑު ކެރެކްޓާއެއް ކަމަށާއި، ރިޝްމީ އެރޯލު ކުޅެދޭން ޝައުޤުވެރިކަން ހުރުމުން އެކަންވީ އައިކިޔު އަށް އިތުރު ޗެލެންޖަކަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"ރިޝްމީއަކީ ވަރަށް ތަފާތު ކެރެކްޓާސް ކުޅެފަ ހުރިމީހެއް. ވަރަށް ޗެލެންޖިންގ ރޯލްސް ކުޅެފަ ހުރި މީހެއްވީމަ، ރިޝްމީ ޝާއިރާގެ ރޯލު ކުޅޭތީ ވަރަށް އެފޯޓްލީން މީހަކަށް ނުބުނެވޭވަރު ކުރަން 'ދެން ރިޝްމީ ކުޅެން މިއީ ކޯޗެއްހޭ'. އެހެން ނުބުނެވޭވަރު ކުރަން ޝާއިރާ ކެރެކްޓާއަށް ވަރަށް އެފޯޓްލީން. އާއްމުކޮށް މީހުން ކުޅެފައިމިވާ ވިލަން ރޯލު ނުވަތަ ނެގަޓިވް ރޯލު ތަކާއި ތަފާތު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ ހުންނާނީ. ރިޝްމީއަށް އަމިއްލައަށް ވެސް ވަރަށް ބޮޑު ޗެލެންޖަކަށް ވާނެ ވަރުގެ ކެރެކްޓާއެއް ލިޔަން ބޭނުންވީ. އެހެންވެ ޝާއިރާ ކެރެޓާއަށް ވަކިން ވަރަށް އެފޯޓްލީން" އައިކިޔު ބުންޏެވެ.


އެހެނަސް ސީޒަން 2 ން ފެނިގެންދާނީ މިސީރީޒްގެ ލީޑް ރޯލުތަކުން ފެނިގެންދާ މުޙައްމަދު ވިޝާލް (ނިޔާޒް)، ފާތިމަތު ޝަރާ އާދަމް (ޝަޒޫ) އަދި އައިޝަތު ރިޝްމީ (ޝާއިރާ) ގެ އިތުރުން ޝީލާ ނަޖީބު (ޝަކީލާ)، މުޙައްމަދު މަނިކު (ޒާހިރު)، އަހުމަދު ޝާރިފް (ޝިނާޒް)، އައިމިނަތު ސިލްނާ (ލީޒާ)، މުޙައްމަދު ޔުނާން (ހަމިއްޓެ)، ރިހްލާ (ރިހޫ)، އަލީ ނަދީޙް (ފަރޭ)، އައިމިނަތު ޝަމާނާ (ނީން)، މަރިޔަމް ވަހީދާ (ޒިދޫ) އަދި މަރިޔަމް ހަލީލް (ސޯބި) އެވެ.

މިތަރިންގެ އިތުރުން ސީޒަން 2 ގައި އައު ތަރިންގެ ގޮތުގައި ފެނިގެންދާނީ ވާޝިޔާ މުޙައްމަދު (ޕިންކް)، ނަތާޝާ ޖަލީލް (ފަރްޒާނާ)، އަޒްމާން އަބްދުﷲ (ފާރިޝް) އަދި އައިމިނަތު ޝުހާ (ޒޯޔާ) އެވެ.

މީގެއިތުރުން މިސީޒަންގައި ވަރަށް ޚާއްސަ ފެނިލުމަކުން "އެހެނަސް" ގެ ކުޅަދާނަ ޑައިރެކްޓާރ ރަވީ ފާރޫޤް ވެސް ފެނިގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!