ދުނިޔެ

40 އަހަރު ވަންދެން ކަށުކަމާކެމީގެ ޚިދުމަތުގައި ހުރި މީހެެއް ނަމާދަށް ހުއްޓާ ނިޔާވެއްޖެ

އާއިޝަތު އަލީނާ ، ދެން އޮންލައިން

ކެނެޑާގެ ވެރިރަށް އޮޓާވާގައި ނިޔާވާ މުސްލިމުން ހިނަވާ ކަފުން ކުރުމުގެ ޚިދުމަތުގައި ވޭތުވެދިޔަ 40 އަހަރު ހޭދަ ކުރި އެގައުމުގެ ރައްޔިތެއް ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

ޚަބަރުތައް ބުނާ ގޮތުގައި މީސްތަކުން ހިނަވާ ކަފުން ކުރުމުގެ އިތުރުން އެ މަސައްކަތް އެތައް ބަޔަކަށް ދަސްކޮށްދީފައިވާ މުމްތާޒް އަޚްތަރު ނިޔާވީ މިދިޔަ ބުދަ ދުވަހު މަޣްރިބު ނަމާދުގެ ތެރޭގައެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން މުމްތާޒުގެ ޖަނާޒާ އިއްޔެ ވަނީ ބާއްވާފައެވެ. އެތައް އަހަރެއް ވަންދެން މުސްލިމް މައްޔިތުންގެ ހަށިގަނޑު ދޮވުނު މުމްތާޒުގެ ހަށިގަނޑު އޭނާގެ ދަރިވަރުންގެ އަތުން ދޮވެ ކަށު ނަމާދުކޮށް ވަޅުލާފައި ވަނީ އިއްޔެގެ މެންދުރު ނަމާދަށް ފަހުގައެވެ.

މުމްތާޒު އަޚްތަރަކީ 1960 ގައި އޮޓާވާއަށް ހިޖުރަކުރި މީހެކެވެ. ޕާކިސްތާން ދަރިކޮޅުގެ މުމްތާޒު ނިޔާވިއިރު އަނތްބަކާއި ދަރީން ދުނިޔޭގައި އެބަ ތިއްބެވެ.

މުމްތާޒާ ބެހޭ ގޮތުން އޮޓާވާގެ އިމާމެއް ކަމަށްވާ ޑރ.ޒިޖާދު ބުނެފައި ވަނީ މީގެ 17 އަހަރު ކުރީންސުރެ މުމްތާޒާ ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި އޭނާއަކީ ޚުލްޤު ހެޔޮ މީހެއް ކަމަށެވެ. އަދި ހަމަ އޭނާ ފަދައިން އޭނާގެ އަނބިދަރީންނަކީ ވެސް ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ ހެޔޮ ލަފާ ބައެއް ކަމަށް ޑރ.ޒިޖާދު ފާހަގަ ކުރިއެވެ.

الله ތަޢާލާ ، މުމްތާޒު އަޚްތަރަށް ހެޔޮ ރަޙުމަތް ލައްވާށިއެވެ. އޭނާގެ ފާފަތައް ފުއްސަވާ ކަށްވަޅުގައި ސާބިތުކަން ދެއްވާށިއެވެ. އޭނާ ދޫކޮށް އެދިޔަ ހެޔޮ ޢަމަލުގެ ދަރުމަ ގިނަގުނަ ކުރައްވާށިއެވެ. އާމީން!

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!