ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހުޅުވާ ގަޑި ބަދަލު ކޮށްފި
ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ޕާކުތައް ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ، މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވެފައި ވާތީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކް ކުރިން ހުޅުވާ ގަޑިތަކަކީ، ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށެވެ.
ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ބަލި ފެތުރުން ހުއްޓުވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ހުންނަ ޕާކުތައް ބަންދުކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. ބަންދު ކުރުމަށްފަހު އާންމުންނަށް ހުޅުވާލާފައި ވަނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހެނދުނު ދަންފަޅީގައި ހުޅުވާފައި ހުންނާނީ ފަތިހު 4:30 އިން ފެށިގެން 8:30 އާ ހަމައަށް ކަމަށެވެ. އަދިހަވީރު ދަންފަޅީގައި ހުޅުވާފައި ހުންނާނީ ހަވީރު 4:30 އިން ފެށިގެން 8:30 އާ ހަމައަށް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ސަލްޓަން ޕާކު ހިމެނޭ ގޮތަށް މާލޭގެ ގިނަ ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމަށްފަހު މާލޭގައި ކޮވިޑް ބަލި ޖެހޭ މީހުން މަދުވާން ފެށުމާ ގުޅިގެން، އަލުން ޕާކުތަކާއި މައިޒާންތައް ހުޅުވުމަށް ވަނީ ހުއްދަ ދީފައެވެ.