ދުނިޔެ

ނިއުޔޯކުގެ ސެންޓްރަލް ޕާކެއްގައި 130 އަހަރު ފަހުން ސްނޯ ބަކަމޫނެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ނިއުޔޯކުގެ ސެންޓްރަލް ޕާކަކުން ސްނޯ ބަކަމޫނެއް ފެނިއްޖެއެވެ. އަދި މިފަދަ ބަކަމޫނެއް އެހިސާބުން އެންމެ ފަހުން ފެނިފައި ވަނީ މީގެ 130 އަހަރު ކުރިން ކަމުގައި ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.

Ads by Sosun Fihaara

އެގައުމުގެ ދޫނިސޫފާސޫފި ބަލަހައްޓާ ބޭފުޅުން މިކަމާމެދު ހައިރާންވާ ކަމަށާއި، މީގެ ކުރިން އޭގެ ބަކަމޫނެއް ފެނިފައިވަނީ 1890 ވަނަ އަހަރުގައި ކަމަށް ވެސް އެ ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.

މި ދޫނި އެ ޕާކަށް ތިރި ކުރުމާއެކު ގިނަ ބަޔަކު އެސަރަހައްދަށް އެއްވެ އެ ދޫނި ބަލަން މަސައްކަތް ކުރި ކަމަށާއި، އެއްބަޔަކު ފޮޓޯއާއި ވީޑިއޯ ނެގުމަށް ފަހު ސޯޝަލް މީޑިއާގެ އެކި މަންސަތަކަށް ލުމާއެކު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ދޫނި މަޝްހޫރުވެ ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދައިފައެވެ.

މިކަމާ ގުޅިގެން ބައެއް މީހުން މިއަދުގެ ތާރީޚު ސިފަ ކުރަނީ އާސާރީ ތާރީޚެއްގެ ގޮތުގައެވެ.

މިފަދަ ބަކަމޫނަކީ ވިންޓަރ މޫސުމުގައި ހިޖުރަކުރާ ދޫންޏެކެވެ. އަދި ގިނައިން މި ދޫނި ފެނުން އެކަށީގެން ވަނީ ބޮޑެތި ރަށްރަށުގެ ގޮނޑުދޮށުންނެވެ. އަދި މިއީ އިންސާނުންނާ ވީހާވެސް ދުރުން އުޅެން ބޭނުންވާ ދޫންޏެއް ވެސް މެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!