ޚަބަރު

ށ. އަތޮޅު މަދަރުސާގެ ޓީޗަރަކު އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ށ. ކަނޑިތީމު ގައި ހުންނަ އަތޮޅު މަދަރުސާގެ ޓީޗަރަކު އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by Sosun Fihaara

ނަން ހާމަ ނުކުރުމަށް އެދި ކަނޑިތީމުން "ދެން" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ، މިމައްސަލަ ފުރަތަމަ ފެންމަތި ވެފައި ވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ވެސް އެޓީޗަރު ސްކޫލަށް ދުރުވި ކަމަށާއި އެކަމާ ބައެއް ބެލެނިވެރިން ހިތްހަމަ ނުޖެހިގެން ރޭ، އެސްކޫލްދޮށަށް އެއްވެ، ޓީޗަރާމެދު ފިޔަވަޅު އަޅައިދިނުމަށް އެދުނު ކަމަށް ވެސް މައުލޫމާތު ދިން މީހާ ވިދާޅުވިއެވެ.

"އެއްވި މީހުން އެސަރަޙައްދު ދޫކޮށް ދިޔައީ ޓީޗަރާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ސްކޫލުން ބުނީމަ. ސްކޫލުން މިހާރު ވަނީ އެޓީޗަރު ސަސްޕެންޑު ކޮށްފަ 30 ދުވަހަށް" މައުލޫމާތު ދިން މީހާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރު ވަނީ މީގެ ކުރިން ވެސް އެކުއްޖާ އަށާއި އެހެން ކުދިންތަކަކަށް ވެސް ޖިންސީ ގޯނާ ކޮށްފައެވެ.

މިމައްސަލަ ފުލުހަށް މިހާރު ހުށަހަޅާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، ފުލުހުންގެ ބަހެއް ލިބޭ ގޮތް ނުވުމުން، އެކަން އަދި ކަށަވަރެއް ނުވެއެވެ.

  1. ވިކްޓިމް

    އިބްރާހިމް ހަފީޒް ގަނޑު