Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރިން އިން "ސްކިންސް އޮފް މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ޚާއްސަ ހިޖާބު ކަލެކްޝަނެއް

ރިން އިން "ސްކިންސް އޮފް މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ޚާއްސަ ހިޖާބު ކަލެކްޝަނެއް

ރާއްޖޭގެ ފެޝަން އިންޑަސްޓްރީއަށް މުޅިން އާ، އުންމީދީ ނަމެއް ވަނީ ތަޢާރަފްވެފައެވެ. "ޑިޒައިންޑް އިން ދަ މޯލްޑިވްސް. މޭޑް ޓު ފީލް ލައިކް ޔޫ" މި ޝިއާރުގެ ދަށުން އުފަންވި ދިވެހި މޮޑެސްޓް-ވެއަރ ބްރޭންޑް، 'ރިން' (RIN) އިން އެ ބްރޭންޑުގެ ފުރަތަމަ ކަލެކްޝަން ކަމަށްވާ "ސްކިންސް އޮފް މޯލްޑިވްސް" ވަނީ ބާޒާރަށް ނެރެފައެވެ. މިއީ ދިވެހިންނަށް އެންމެ ފަރިތަ، ރާއްޖޭގެ ގުދުރަތީ ވެށިން ފެންނަ ކުރެހުންތަކާއި ކުލަތައް ހިމަނައިގެން ފަރުމާކޮށްފައިވާ މުޅިން އޮރިޖިނަލް ހަތަރު ހިޖާބެއްގެ މައްޗަށް އެކުލެވޭ ކަލެކްޝަނެކެވެ.

ދިވެހިވަންތަ ޑިޒައިންތަކެއް

މި ކަލެކްޝަންގައި ހިމެނެނީ ދިވެހި ނަންތަކެއް ދެވިފައިވާ، ރާއްޖޭގެ ގުދުރަތީ ރީތިކަން ރަމްޒުކޮށްދޭ ހަތަރު ޑިޒައިނެކެވެ.

  • ވެލާ : ވެލާގެ ބުރިކަށީގައި ހުންނަ ކުރެހުންތަކުން އިންސްޕަޔަރ ވެގެން ފަރުމާކޮށްފައިވާ ފުރިހަމަ ޑިޒައިނެއް.
  • މަޑި :  މަޑީގެ ގައިގައި ހުންނަ ރީތި ތިކިތަކުގެ ނަކަލެއް.
  • ބޮނބި : ކާށީގެ ބޮނބިގަނޑުގައި ހުންނަ ރާޅުކަމާއި ރޮނގުތައް ސިފަކޮށްދޭ ތަފާތު ޑިޒައިނެއް.
  • ރިންދަލި: ބޮލީގެ އޮމާންކަމާއި ރީތިކަން ރަމްޒުކޮށްދޭ، މަޑު ފިޔާތޮށި  ކުލައިގެ ހިޖާބެއް.

މި ހަތަރު ޑިޒައިން އެކުވުމުން، އާންމުކޮށް އަޅާ ހިޖާބަށް ވަރަށް ޚާއްސަ ދިވެހިވަންތަ އައިޑެންޓިޓީއެއް ލިބިގެންދެއެވެ.

މޮޑެކްސްޓް އަދި އަމިއްލަވަންތަކަން

"ރިން" ވުޖޫދަށް އައީ މޮޑެސްޓްކޮށް ހެދުން އެޅުމާއި، މީހާގެ އަމިއްލަ ސްޓައިލް ނުވަތަ އިންޑިވިޖުއަލިޓީއަކީ އެކުގައި ގެންދެވިދާނެ ދެކަންތައްކަމަށް ގަބޫލުކުރާ ފިކުރުގެ މައްޗަށެވެ. ފޮއްޗާއި، ކުލަތަކާއި އަދި ޑިޒައިންގެ ކުދިކުދި ތަފްސީލުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން އުފައްދާފައިވާ މި ބްރޭންޑަކީ ކޮންމެ ދުވަހަކު ބޭނުންކުރަންވެސް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެކެވެ.

"އަޅުގަނޑު ބޭނުންވީ މީހާއާ ވަރަށް ގުޅޭ، ޚާއްސަ އިހުސާސެއް ކުރެވޭނެ އުފެއްދުމެއް ގެނެސްދޭން،" ރިން ބްރޭންޑްގެ ފައުންޑަރ ޖަދިއްޔާ ބަދްރީ ވިދާޅުވިއެވެ. "މޮޑެސްޓް ސްޓައިލަށް ހެދުން އެޅުމާއި ފެޝަންވުމަކީ އިދިކޮޅު ދެކަމެއް ނޫން. ރިންގެ އަމާޒަކީ ކަނބަލުންނަށް އިތުބާރާއެކު އެމީހެއްގެ އަމިއްލަ ސްޓައިލް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން."

ދިވެހި އާޓިސްޓެއްގެ ހުނަރުން ފުރިހަމަކޮށްފައިވާ އޮރިޖިނަލް އާޓް

މި ކަލެކްޝަންގެ ކޮންމެ ކުރެހުމަކީވެސް މުޅިން އޮރިޖިނަލް އާޓެވެ. ކަލެކްޝަންގެ ކޮންސެޕްޓާއި ކްރިއޭޓިވް ޑައިރެކްޝަން ފައުންޑަރ ތައްޔާރުކުރުމަށްފަހު، މި ކުރެހުންތައް ތައްޔާރުކުރީ ދިވެހި އާޓިސްޓެކެވެ. އެހެންކަމުން މިއީ އައިޑިއާއިން ފެށިގެން ކުރެހުމާ ހަމައަށްވެސް ސައްތައިން ސައްތަ ދިވެހި އުފެއްދުމެކެވެ.

"މިއީ އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ގޮނޑުދޮށުންނާއި، ފަރުމަތިން އަދި ގޭތެރެއިންވެސް ފެންނަ މަންޒަރުތަކެއް. އަޅުގަނޑު ބޭނުންވީ މިހާ ފަރިތަ މަންޒަރުތައް، އަޅުގަނޑުމެންނަށް ލެވޭނެފަދަ ފެޝަން އުފެއްދުމަކަށް ބަދަލުކޮށްލަން،" ފައުންޑަރ ވިދާޅުވިއެވެ.

އަރާމު، އަދި ރާއްޖޭގެ މޫސުމާ ގުޅޭ ފޮއްޗެއް

މި ހިޖާބުތައް ޕްރިންޓުކޮށްފައިވަނީ ވަރަށް މަޑު، ލުއި ޕްރީމިއަމް މޯޑަލް ފޮތީގައެވެ. މިއީ ގައިގައި ޖެހުމުން އޮމާންކަމެއް އިހުސާސްކުރެވޭ، އަދި ވައި ދައުރުވާ ފޮއްޗަކަށް ވުމުން ރާއްޖޭގެ ހޫނު މޫސުމަށް މިއީ އެންމެ އެކަށީގެންވާ ޗޮއިސްއެވެ. އަރާމުކަމާއި ފަސޭހަކަމަށް އިސްކަންދީގެން އުފައްދާފައިވާ މި ހިޖާބުތަކަކީ އޮފީހުގައި އުޅޭ ވަގުތުތަކަށާއި ޚާއްސަ މުނާސަބަތުތަކަށްވެސް ބޭނުންކުރެވޭނެ އެއްޗެކެވެ.

ނަމުގެ ފަހަތުގައިވާ ވާހަކަ އަދި ކުރިމަގު

"ރިން" (RIN) މި ނަމަކީ ޖަދިއްޔާއަށް ވަރަށް ޚާއްސަ، ޒާތީ މާނައެއް އެކުލެވޭ ނަމެކެވެ. މި ނަން އިންސްޕަޔަރ ވެފައިވަނީ ޖަދިއްޔާގެ އަންހެން ދަރިފުޅު 'އައިރިން' ގެ ނަމުންނެވެ.

"ސްކިންސް އޮފް މޯލްޑިވްސް" އަކީ ރިންގެ ހަމައެކަނި ފެށުމެވެ. ދުރު ރާސްތާގެ ތަސައްވުރަކީ "މޭކް އިޓް ވެލް. މޭކް އިޓް މީނިންގފުލް. މޭކް އިޓް ޔޯޒް" މި އަމާޒުގެ ދަށުން، ފެންވަރު ރަނގަޅު، ޒަމާންތަކަށް ދެމިގެންދާ ފަދަ އޮރިޖިނަލް ޑިޒައިންތަކެއް ހިމެނޭ ފުރިހަމަ މޮޑެސްޓް-ވެއަރ ބްރޭންޑަކަށް ރިން ހެދުމެވެ.

"ހިޖާބަކީ ރިންގެ ފެށުން، އެކަމަކު މިއީ ނިމުމެއް ނޫން. އަޅުގަނޑު ބޭނުންވަނީ ކޮލިޓީއަށް މީހުން އިތުބާރުކުރާ، އަދި އެހެން އެއްވެސް ތާކުން ނުފެންނަފަދަ ތަފާތު ޑިޒައިންތަކެއް ގެނެސްދޭ ބްރޭންޑެއް ބިނާކުރަން،" ފައުންޑަރ ވިދާޅުވިއެވެ.

ގަންނާނީ ކިހިނެއް؟

"ސްކިންސް އޮފް މޯލްޑިވްސް" ކަލެކްޝަންގެ ކޮންމެ ހިޖާބެއްގެ އަގަކީ 340 ރުފިޔާއެވެ. ބައްލަވައިގަތުމަށް ބޭނުންވާ ފަރާތްތަކަށް ރިންގެ ރަސްމީ ވެބްސައިޓް rin.mv މެދުވެރިކޮށް އޯޑަރު ކުރެވޭނެއެވެ. ފައިސާ ދެއްކޭނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށެވެ. މާލެ އަދި ހުޅުމާލެއަށް ޑެލިވަރީގެ ޚިދުމަތް ލިބޭއިރު، އަތޮޅުތެރޭގެ ރަށްރަށަށް ބޯޓުތަކަށް ޑެލިވަރ ކޮށްދިނުމުގެ ޚިދުމަތްވެސް ބްރޭންޑުން ފޯރުކޮށްދެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށާއި އާ އަޕްޑޭޓްތައް ބެލުމަށް އިންސްޓަގްރާމް އަދި ޓިކްޓޮކްގައި @wearrin.mv އަދި ފޭސްބުކްގައި RinMaldives ފޮލޯ ކޮށްލައްވާށެވެ.


ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް