ޖޫސްޕެޓީ ކޮތަޅެއްގައި ޑުރަގު އެތެރެކުރަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި

ކަނޑު ބޯޓަކުން ސ. މީދޫއަށް ޖޫސްޕެޓީ ކޮތަޅެއްގައި ޑުރަގު އެތެރެކުރަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މާލެއިން ފުރައިގެން މީދޫއަށް ދަތުރުކުރަމުންދާ ބޯޓެއްގައި މީހަކު މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ސ. މީދޫ / އިރާކް، ޢަބްދުﷲ ޝައުނު (19 އަހަރު) ކަމަށެވެ.
އޮކްޓޫބަރު 29 ވަނަ ދުވަހު މީދޫ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުﷲ ޝައުނުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.






ކޮމެންޓް