Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

"ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިން"ގެ ދެވަނަ ބުރަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމުގެ ދެވަނަ ފިޔަވައްސަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ފޮޓޯ: އެސްއެމްއީ ޑިޖިޓަލް
ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ މަގުސަދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިން"ގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފެސިލިޓީއަކީ ޒުވާނުންގެ އައު ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ބަދަލުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިގޮތެއްގައި ފޯރުކޮށްދިނުމަށް ތައާރަފުކުރި ފުރުސަތެކެވެ.

މި ފައިނޭންސިންގ ޚާއްސަކޮށްފައި ވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެއްވެސް ރަހުނަކާ ނުލައި އަދި އަމިއްލަ އެއްވެސް ހޭދައެއް ކުރަން ނުޖެހޭ ގޮތަށް 150,000 ރުފިޔާއާ ހަމައަށް މި ފެސިލިޓީގެ ދަށުން ފައިސާ ދޫކުރާނެއެވެ. އަހަރަކު ހަތެއް އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑަކާ އެކު ޖުމްލަ ފަސް އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ކަންކަމަށް އަހުލުވެރިކުރުވުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، ބީއެމްއެލްގެ ސްވައިޕް އެޕް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މި ފިޔަވައްސަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދު ހަމަވަންދެން ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ފުރަތަމަ ފިޔަވައްސަށް ލިބުނު ބޮޑު ތަރުހީބުން ޒުވާނުން މިފަދަ ފުރުސަތުތަކަށް ބޭނުންވެފައިވާ މިންވަރު ހާމަވާ ކަމަށެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 3,000 އަށް ވުރެ ގިނަ ޒުވާނުންނަށް 300 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަނީ ދޫކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް