Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޤައުމީ އެއާލައިނަށް ކިންގް އެއާ 360 މަރުކާގެ ބޯޓެއް ގެނެސްފި

ގައުމީ އެއާލައިނުން އަލަށް ގެނައި ކިންގް އެއާ 360 މަރުކާގެ މަތިންދާބޯޓާއެކު، ރޭގަނޑު ފަތުރުވެރިން އުފުލުމުގެ ހިދުމަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

ޤައުމީ އެއާލައިނަށް ކިންގް އެއާ 360 މަރުކާގެ ބޯޓެއް ގެނެސްފި

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް ކިންގް އެއާ 360 މަރުކާގެ މަތިންދާބޯޓެއް ފުރަތަމަ ފަހަރަށް އިތުރުކޮށްފިއެވެ.

މި ބޯޓު ރާއްޖެ ގެނައުމާ ގުޅިގެން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމު ވިދާޅުވީ، ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އަބަދުވެސް އޮންނަ ޑިމާންޑެއް ކަމަށެވެ. ސީޕްލޭންގެ ހިދުމަތް ރޭގަނޑު ނުލިބޭތީ، އައު ބޯޓާ އެކު އެކަމަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ސަލީމު ފާހަގަކުރެއްވި ގޮތުގައި ކިންގް އެއާ 360 އަކީ ދުނިޔޭގެ ފެންވަރުގައި ލަގްޒަރީ ހިދުމަތްތަކަށް މަޝްހޫރު ބޯޓެކެވެ. މި ބޯޓުގެ ސަބަބުން ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބި، ކަނެކްޓިވިޓީ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މި ބޯޓުގެ ހިދުމަތަކީ ހަމައެކަނި ފަތުރުވެރިންނަށް އަމާޒުކޮށްގެން ދޭ ހިދުމަތެއް ނޫނެވެ. ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ އިތުރުން ޖަމިއްޔާތަކަށް ވެސް ޕްރައިވެޓް ޗާޓާގެ ގޮތުގައި މި ބޯޓު ބޭނުންކުރެވޭނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. ޓެކްސްޓްރަން އޭވިއޭޝަނުން އުފައްދާ މި ބޯޓަކީ ބިޒްނަސް ފަންތީގެ މަތީ ފެންވަރުގެ ހިދުމަތްތަކަށް ހާއްސަ އުޅަނދެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް