Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ވިޔަފާރި

ތިންވަނަ ކުއާޓަރުގައި ވީއައިއޭއިން ދެ މިލިއަން މީހުންނަށް ހިދުމަތް ދީފި

ތިންވަނަ ކުއާޓަރުގައި ވީއައިއޭއިން ދެ މިލިއަން މީހުންނަށް ހިދުމަތް ދީފި


މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަމަލް އެއާޕޯޓް (ވީއައިއޭ)އިން ދެ މިލިއަން މީހުންނަށް ހިދުމަތް ދީފިއެވެ.

ވީއައިއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ 3 ވަނަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން 2.02 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދީފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ބައިނަލްއަޤްވާމީ ދަތުރުވެރިން: 1.30 މިލިއަން މީހުންނާއި އެތެރޭގެ އުދުހުންތަކުގެ ދަތުރުވެރިންގެ 273,445 މީހުންގެ އިތުރުން ސީޕްލޭން ދަތުރުވެރިންގެ 449,244 މީހުންނެވެ.

އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފައި ވަނީ 1 އޮގަސްޓް 2026 ގައެވެ. އެއީ ފުރޮޅުލީ ބޯޓުތަކުން: 12,747 ފަސިންޖަރުންނާއި ސީޕްލޭންއިން: 6,668 ފަސިންޖަރުންނެވެ.

ވީއައިއޭއިން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ޖުމްލަ 59,836 އެއަރ ޓްރެފިކް މޫވްމަންޓް ރެކޯޑުކުރެވިފައިވެއެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ދަތުރުތަކުގެ 7,872 މީހުންނާއި އެތެރޭގެ އުދުހުންތައް: 6,516 މީހުން އަދި ސީޕްލޭން ދަތުރުތަކުގެ 45,448 މީހުންނެނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް