Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ވިއެޓްނާމްއަށް ކަނޑައެޅުއްވި ސަފީރު، ފަތްކޮޅު އެ ގައުމުގެ ރައީސްއަށް އަރުވައިފި

 ވިއެޓްނާމްއަށް ކަނޑައެޅުއްވި ސަފީރު، ފަތްކޮޅު އެ ގައުމުގެ ރައީސްއަށް އަރުވައިފި

ރާއްޖެ އިން ވިއެޓްނާމް އަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު މަރްޔަމް މިދްފާ ނައީމް އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓެރީ އަދި ރައީސް ހިޒް އެކްސެލެންސީ ޓޯ ލާމް، އަށް މިއަދު އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހަނޯއީ ގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ވިއެޓްނާމްގެ ރައީސް ޓޯ ލާމް ފަތްކޮޅު އެރުވި ސަފީރުންނަށް މަރުހަބާ ވިދާޅުވެ އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ވިއެޓްނާމް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ސަފީރު މިދުފާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން ވިއެޓްނާމްގެ ރައީސް އާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވިއެވެ.

މިދުފާއަކީ ރާއްޖޭގެ ފޮރިން ސާވިސްގައި މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ބޭކަނބަލެކެވެ.

މިދުފާއަކީ ތައުލީމީ ގޮތުން ވެސް ރާއްޖޭގައި ވިދާލި ދަރިވަރަކަށް ވާއިރު އޭނާ ވަނީ ސްކޫލުތަކުގެ ލަވަމުބާރާތްތަކުން ވެސް ރަން ވަނަތައް ހާސިލުކޮށް ވާހަކަ ދެއްކުމުގެ މުބާރާތްތަކުން ވެސް ކާމިޔާބީތައް ހޯދައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް