Sunday, 8 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދުވާފަރު ގެއެއް ބަލައި ފާސްކޮށް، ޑްރަގާ އެކު ދެ މީހަކު ހައްޔަރުކޮށްފި

ރ. ދުވާފަރުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 65 ސެލޯފިންކޮޅާއެކު ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

ދުވާފަރު ގެއެއް ބަލައި ފާސްކޮށް، ޑްރަގާ އެކު ދެ މީހަކު ހައްޔަރުކޮށްފި

ރ. ދުވާފަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި އޮޕަރޭޝަނަކީ ދުވާފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ ހަތަރުވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. ދުވާފަރު، ކަބީލާއާގެ، ހާޖަރާ މާއިސާ ޢަލީ (26އ)އާއި އެ ރަށު ދަފްތަރު ނަންބަރު 0235، ޢަބްދުﷲ ޢަލީ (33އ) އެވެ. ކޯޓު އަމުރެއްގެ ދަށުން އެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 65 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މާއިސާ ހަތް ދުވަހަށް އަދި ޢަބްދުﷲ ޢަލީ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް