Monday, 9 November 2026
Advertisement
STO — McCoy (leaderboard)
ރައްޔިތުންގެ މަޖިލިސް

ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލު ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި އެވެ. މި ބިލުގެ މަގުސަދަކީ އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމަށް ކަނޑައަޅައި، އަބުރު ރައްކާތެރިކުރުމަށް ގާނޫނީ އޮނިގަނޑެއް…

ނަމާއި އަބުރު ރައްކާތެރިކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި

ސަރުކާރުގެ ފަރާތުން "ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

މި ބިލާ ގުޅޭގޮތުން މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމަށް ކަނޑައަޅައި، މީހުންގެ އަބުރު ރައްކާތެރިކޮށްދިނުމުގެ މަގުސަދުގައި ހުށަހެޅި ބިލެއް ކަމަށެވެ. ވަކި ފަރާތަކަށް އަމާޒުކޮށް ދޮގު މައުލޫމާތު ފެތުރުމަކީ އަބުރާ ބެހުން ކަމަށާއި، އެއީ ދީނުގައި ވެސް ނަހީކުރައްވާފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"ދޮގު ބަސް މީހަކާ ބެހޭ ގޮތުން ފެތުރުން، އެ އަމަލުގެ ސަބަބުން މުޖުތަމައުގައި އުޅޭ ސަލާމަތް ބުއްދި ހުރި ފަރާތްތަކުގެ މެދުގައި އެ ބަސް ރައްދުވި ފަރާތާ މެދު ދެކޭ ގޮތް ބަދަލުވުމާއި، އެކަންކަމަށް ރިއާޔަތްކުރެވޭނެ. ބިލުގައި އަބުރުަށް އަރައިގަނެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ،" ރައީސް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 33ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކުރުމުގެ ހައްގު މި ބިލުގެ ސަބަބުން އިތުރަށް ހިމާޔަތް ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ފަރުދުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު ހަމަހަމަކަން ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، އަބުރާ ބެހެވޭ ފަރާތަށް ރައްދު ދިނުމުގެ ޙައްގާއި، މައާފަށް އެދުމާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީއަތަށް ހުށަހެޅޭނެ އުސޫލުތައް ވެސް މި ބިލުގައި ތަފްސީލުކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް