ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސްގެ އަނބިކަނބަލުން ފޮނުއްވައިފި
ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، ފަސްޓް ލޭޑީ ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ފާގަތި އަދި ބާއްޖަވެރި މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން، ޖުމްހޫރީ ވެރިކަމެއްގެ ހިޔަލުގައި ރާއްޖެއަށް އިތުރު ކުރިއެރުމާއި ތަމައްދުން މިންވަރު ކުރެއްވުން އެދި އެކަމަނާ ވަނީ ދުއާ ކުރައްވާފައެވެ. ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 11ވަނަ ދުވަހަކީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.






ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.