Saturday, 14 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބަނގުރާ ވިއްކުމުގައި އިސްކޮށް ހުރި ދިވެހި މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި

ބަނގުރާ ވިއްކުމުގައި އިސްކޮށް ހުރި ދިވެހި މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި

މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކުގައި އިސްކޮށް އުޅޭ އުޅުނު މީހާ ބަންދުން ދޫކޮށްލަން ދޫކުރަން ދެކޮޅު ހަދައި ކްރިމިނިލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

މާލޭގައި ފުޅާދާއިރާއެއްގައި ޤަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއް ހިންގައި ހެންވޭރު މާދޫގެ ބަލައިފާސްކޮށް 826 ފުޅި ބަނގުރާ އަތުލައި އެ ނެޓްވޯކުގައި އިސްކޮށް އުޅުނު ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް(53އ.) ހައްޔަރުކުރީ މިދިޔަ މަހު ކުރީކޮޅުއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައިި ރަޝްވާންގެ ބަންދާމެދު ގޮތެއް ނިންމަން އެ ކޯޓަށް ހާޒިރުކުރުމުން ރަޝްވާންގެ ވަކީލު ވަނީ މި މައްސަލައަކީ ޖިނާއީ ކުޑަ މައްސަލައެއްކަމަށާއި އެކަށީގެންވާ މުއްދަތަކަށް މިހާރު ވެސް ބަންދުގައި ހުރެފައިވާކަމަށްބުނެ ބަންދުން ދޫކޮށްލުމަށްއެދިފައެވެ. ނަމަވެސް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ.

އެ މައްސަލައިގައި ބަނގުލަދޭޝްގެ ތިން މީހުންކަމަށްވާ އަލް އަމީން (34އ) އާއި، ޕޮލިން (43އ) އާއި، އެމް.ޑީ. ރަކިބް ހޮސެން (25އ) ހައްޔަރުކޮށް މިހާރު ތިބީ ބަންދުކޮށްފައެވެ. ބަނގުލަދޭޝް މީހުން ބުނީ އެ މީހުންނަކީ ރިޝްވާންގެ މުވައްޒަފުން ކަމަށާއި ބަނގުރާ ސަޕްލައިކުރުމުގައި އުޅުނީ ރިޝްވާން އަންގައިގެން ކަމަށެވެ.


ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.