ޚަބަރު

ސަމާލުވޭ! ޢަލީ ރަމީޒުގެ ނަމުގައި އައިޑީއެއް ހަދައިގެން ގިވްއަވޭއެއް ބާއްވަނީ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒުގެ ނަމާއި ފޮޓޯ ބޭނުން ކޮށްގެން ބަޔަކު މީސް މީޑިއާގައި އޮޅުވާލުންތަކެއް އޮޅުވާލަމުން އެބަދެއެވެ.

Ads by STELCO

އެގޮތުން ފޭސްބުކް ގައި މީހަކު ވަނީ "އަލީ ރަމީޒް-ގިފްޓް" ގެ ނަމުގައި އައިޑީއެއް ހަދައި، އޭގައި ޢަލީ ރަމީޒުގެ ފޮޓޯ ވެސް ބޭނުން ކޮށްފައެވެ.

އެޕޯސްޓަކީ ގިނަ އަދަދަކަށް ފައިސާ ލިބޭ "ގިވް އަވޭ" އެއް ކަމަށާއި އެގޮތުން އެ ޕޯސްޓު ފޭސްބުކްގައި ޝެއާ ކުރުމުން، އޭނާ ހޮވާ 900 މީހަކަށް ފައިސާގެ އިނާމު ދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޢަލީ ރަމީޒަކީ ދީނީ އަޅުކަން ކުރުމަށް ބާރުއަޅާ، އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ހާމަކުރައްވާ ބޭފުޅަކަށްވާއިރު، މިއީ މީހަކު އޭނާގެ ނަން ކިލަނބު ކުރަން ކޮށްގެން އުޅޭ ކަމެއް ކަމަށް ބެލެވެއެވެ.

ޢަލީ ރަމީޒުގެ ނަމާއި ފޮޓޯ ބޭނުން ކޮށްގެން މިފަދަ ޕޯސްޓެއް ހަދާފައިވާއިރު،، މާލޭގައި ޒުވާނުން މިޔުޒިކާއެކު މަޖާކޮށްލާ ވަގުތު ހޭދަކުރެވޭނެ މައިޒާނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގައި އުފުލާފައިވާ ގަރާރާ ދެކޮޅަށް އިއްޔެ ޢަލީ ރަމީޒު ވަނީ ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޢަލީ ރަމީޒު ވިދާޅުވެފައި ވަނީ ދީނުގެ ހުކުމްތަކާމެދު ތިމާމެން ހިތުހުރި އެއްޗެއް ކިޔައި، މަޖާ ކުރުމަކީ ދީނާމެދު ތިމާމެންގެ ހިތުގައި އިޙްތިރާމްގެ ކަންފުޅެއް ވެސް ނެތްކަން ހާމަ ކޮށްދޭ ކަމެއް ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!